ވިލިމާލެ އުތުރުފަރާތު ކަނޑަށް ޑިންގީއެއް ބަންޑުން ޖަހާލައި ބަޔަކު ކަނޑުވެއްޖެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ވިލިމާލެ އުތުރުފަރާތުން ވާދޫ ކަނޑަށް ޑިންގީއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
"އެމީހުން އެހެން ޑިންގީއަކަށް ނަގައިފި، މިހާރު ޕޮލިސް ލޯންޗެއްގައި މާލެ ގެންނަނީ" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާގައި ކަނޑުވީ ތިން މީހެކެވެ. އެއީ ދިވެހިން ކަމެއް ބިދޭސީން ކަމެއް ސާފެއް ނޫނެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 8:30 ހާއިރުގައެވެ. އެމީހުން ފުލުހުންގެ ލޯންޗުގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެމީހުން ދަތުރުކުރި ޑިންގީ ހޯދުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް