ނަމަނަމަ ވޯޓު ނުވިއްކާތި. ޔަގީނުންވެސް އެކަން ހުއްދައެއް ނުވާނެ: ޝައިޚް އަލީ ޒައިދު

އަންނަ ކައުންސިލް އިންތިޚާބުގައި ވޯޓު ދޭއިރު، ބަލަން ޖެހޭ ވަކި ޚާއްސަ ޝަރުތުތަކެއް އެބަހުރި ކަމަށާއި ވޯޓު ދޭންޖެހޭނީ އެ ޝަރުތުތަކަށް ބަލައިގެން ކަމަށް ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒ...

02 Apr 2021 | 16:33

އަންނަ ކައުންސިލް އިންތިޚާބުގައި ވޯޓު ދޭއިރު، ބަލަން ޖެހޭ ވަކި ޚާއްސަ ޝަރުތުތަކެއް އެބަހުރި ކަމަށާއި ވޯޓު ދޭންޖެހޭނީ އެ ޝަރުތުތަކަށް ބަލައިގެން ކަމަށް ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ ޝައިޚުގެ ފޭސްބުކް އެކައުންޓު މެދުވެރިކޮށް އާންމު ކުރި ސްޓޭޓަސްއެއްގައެވެ. މި ފޭސްބުކް ސްތޭޓަސްގައި ލާރިއަށް ވޯޓު ނުވިއްކުމަށާއި އެއީ ހުއްދަ ކަމެއް ނޫންކަމަށްވެސް ޝައިޚު ވިދާޅުވެފައިވެއެވެ.

: ކައުންސިލް އިންތިޚާބުގައި އަންނަނިވި ޝަރުތުތަކަށް ބައްލަވާ!

  • އިސްލާމް ދީނަށް އިޙްތިރާމްކުރާ
  • ޤާބިލް
  • އެންމެ ގިނަ ތަޖުރިބާ
  • ޤައުމީ ލޯބިހުރި
  • އަމާނާތްތެރިތާ

އޭރުން ރަނގަޅުވާނެ! ނަމަނަމަ ވޯތު ނުވިއްކާތި!!! ހަމަ ޔަގީނުންވެސް އެކަން ހުއްދައެއް ނުވާނެ!

ޝައިޙުގެ މި ސްޓޭޓަސްގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް