އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، މި އަހަރު ވެސް ރ. ވާދޫގައި ރޯދައަށް ކާށި ހޮވުން ކުރިއަށް ގެންގޮސްފި އެވެ.
މި ގޮތުން މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ވާދޫގެ ވަލުތެރެ ހިމެނޭހެން ރަށުގެ އެކި ސަރަހައްދުތަަކުން ދެ ގަޑި އިރެއްހާ އިރު ތެރޭ 6670 ކާށި ވަނީ ހޮވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކާށި ނެރުމަށް މި އަހަރު ވަނީ އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ރައްޔިތުން ނުކުމެފައި ވެއެވެ.
މިއަދުގެ މި ހަަަަަަަަަަަރަކާތުގައި ބައިވެރިވި ކޮންމެ މީހަކަށް އޮންނަ އުސޫލުގެ ތެރެއިން ކާށި ބެހުމުން ބޮލަކަށް 29 ކާށި ވަނީ ލިބިފައެވެ.
މިއީ ވާދޫގައި ޒަމާނުން ސުރެ ރޯދަޔާ ދިމާކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
ވާދޫގައި ކުރިއަށް ގެންދާ މި ފަދަ ހަރަކާތްތަކުން އެ ރަށު މީހުންގެ އިޖުތިމާއީ އެއްބައިވަންތަކަން ފެނިގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް