އއ. ރަސްދޫއިން ދަތުރުވެރިން ގޮވައިގެން މާލެ ދަތުރުކުރި ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މި ހާދިސާގެ ރިޕޯޓް މިރޭ 6:45 ހާއިރު ލިބިފައިވާކަމަށެވެ.
"ލޯންޗްގެ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނުގައި ރޯވީ، ލޯންޗު މިހާރު މާލެ ދަތުރުކުރަމުންދަނީ" އާޒިމް ވިދާޅުވިއެވެ.
މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި 22 ފަތުރުވެރިންނާއި ކްރޫންގެ ތިން މީހަކު ތިއްބެވެ. ހާދިސާ ހިނގާފައިވަނީ "ނަވި 2" ނަމަކަށް ކިޔާ ލޯންޗެއްގައެވެ. މި ހާދިސާ ހިނގުމުން ލޯންޗުގެ ވެރިފަރާތުން ވަނީ "ނަވި4" ލޯންޗުގައި ފަތުރުވެރިން ރަސްދުއަށް އަނބުރާ ގެންގޮސްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް