ޕާކިސްތާނުގެ މުސްލިމު ލީގު-ގައިދޭ އައުޒަމްގެ ލީޑަރު ޗޯދަރީ ޕަރްވޭސް އެލާހީ އެގައުމުގެ ބޮޑުވަޒީރު އިމްރާން ޙާންއަށް ފާޑު ވިދާޅުވެ ވަރަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާންއަށް ވަރަށް ހޫނު ރައްދެއް ވައި ޕަރްވޭސް ވިދާޅުވީ، އިމްރާން ޙާންއަށް އެ ގައުމުގައި ކޯވިޑު 19ގެ ހާލަތު ރަނގަޅުކުރުމަށް އެކަށޭނެ މިންވަރަށް މަސައްކަތް ނުކުރެވޭކަމަށާއި، ޕޯޓިއަމް ތަކުގައި މޮޅެތި ވާހަކަތަށް ދެއްކުމުގެ ބަދަލުގައި ޕާކިސްތާނުގެ ރައްޔިތުންނަށް ވެކްސިން ހޯދާދިނުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ.
"ސައުތު އޭޝިޔާ ރީޒަން ގެ ހުރިހާ ޤައުމުތަކުގެ ތެރެއިންވެސް ކޮވިޑް 19 ގެ ވެކްސިން ހޯދުމުގައި ޕާކިސްތާނު ވަނީ އެންމެ ފަހަތުގައި" އެލާހީ ވިދާޅުވިއެވެ.
ކޯވިޑް 19 ގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅާމަދު ވާހަކަފުޅު ދައްކަވަމުން އެލާހީ ވިދާޅުވީ، ވައިރަސްގެ ސަބަބުން ބަލިވަމުންދާ މީހުންގެ އަދަދު އެގައުމުގައި ނުހިފޭއްޓޭ މިންވަރަށް އިތުރުވަމުންދާކަމެވެ.
ކޯވިޑު 19 ގެ ހާލަތާ ގުޅިގެން އެޤައުމުގެ އިސް ވުޒާރާތަކުން، ގިނަބަޔަކު އެއްތާކަށް އެއް ނުވުމަށް އަދި އެކަން ހުއްޓުވުމަށް އަމުރު ނެރެފައިވެއެވެ. އަދި ހަމައެއާއެކު ދިރަސާ ތަކުން ދައްކައިގޮތުގައި ވޭތުވެދިޔަ ނުވަމަސްދުހުގެ ތެރޭގައި ޕާކިސްތާނުގައި ކޯވިޑް 19 ގެ ކޭސްތަސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.
މީޑިޔާ ރިޕޯޓުތަކުގެ ތަފާސްހިސާބުތަކަށް ބަލާލައި އިރު، ޕާކިސްތާނުގައި ފައްސިވެފައިވާ 659،111 މީހުން ތިބުމާއިއެކު މަރުވި މީހުންގެ އަދަދު 14،256 އަށް މިހާރު އަރައިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް