މާލޭގެ ތިން ސަރަހައްދެއްގައި ވޯޓުލާ މަރުކަޒު ހަދަން ޓެންޓު ޖަހަނީ

އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މާލޭގައި ވޯޓުލާ މަރުކަޒު ހެދުމަށް ޓެންޓު ޖަހާނެ ކަމަށ...

02 Apr 2021 | 12:04

އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މާލޭގައި ވޯޓުލާ މަރުކަޒު ހެދުމަށް ޓެންޓު ޖަހާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ތިން ސަރަހައްދެއްގައި ޓެންޓު ޖަހައިގެން 40 ވޯޓުލާ މަރުކަޒުތަކެއް ހަދާނެ ކަމަށެވެ. ޓެންޓު ޖެހުމަށް ހަމަޖެހިފައިވަނީ މިފްކޯ ކުރިމަތީގައި އޮންނަ ޔޫތް މިނިސްޓްރީގެ ހުސް ބިމުގައި، ދަރުމަވަންތަ ސްކޫލް ގޯތި ތެރެ އަދި ކާނިވާ ސްޓޭޖު ކުރިމަތީގައި އެވެ.

މީގެ ތެރެއިން ޔޫތް މިނިސްޓްރީ ހުސް ބިމުގައި ޖަހާ ޓެންޓުގައި30 ވޯޓުލާ މަރުކަޒު ހެދުމަށް ހަމަޖެހިފައިވެ އެވެ. އަދި ދަރުމަވަންތަ ސްކޫލް ގޯތި ތެރޭގައި ފަސް މަރުކަޒުގެ އިތުރުން ކާނިވާ ސްޓޭޖު ކައިރީގައި ފަސް ވޯޓުލާ މަރުކަޒު ހަދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

މި އިންތިހާބުގައި އެހެން އިންތިހާބުތަކާއި ހިލާފަށް ވޯޓު ފޮށި ބަހައްޓާ އަދަދު އިތުރުވާނެ އެވެ. ކޯވިޑާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް މިފަހަރު 735 ވޯޓުފޮށި ބަހައްޓާނެ އެވެ.

https://twitter.com/ShareefRangondi/status/1377931686629965824

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް