ހަ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރަނީ

ހަ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރަން ނިންމައި، އެކަން ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އަނެއްކާ ވެސް އިއުލާނުކޮށްފިއެވެ. ކުރިން ކުރި އިއުލާނަށް ބަދަލެއް ގެނެސް، އަލުންކޮށް...

02 Apr 2021 | 10:38

ހަ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރަން ނިންމައި، އެކަން ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އަނެއްކާ ވެސް އިއުލާނުކޮށްފިއެވެ.

ކުރިން ކުރި އިއުލާނަށް ބަދަލެއް ގެނެސް، އަލުންކޮށްފައި ވާ އިޢުލާންގައި މިނިސްޓްރީން ބުނީ،  މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިފައި ވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މި މަސައްކަތްތައް ވަނީ ތިން ލޮޓަކަށް ބަހާލެވިފައެވެ. އަދި ބީލަން ހުށަހަޅާ ފަރާތަކުން، އެއް ލޮޓަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓަށްވެސް ބީލަން ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވާކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ. މިގޮތުން ލޮތްތައް ބެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ،

  • ލޮޓް އެކެއް - މ. މުލައް އަދި ތ. ބުރުނީ ކުނިމެނޭޖް ކުރާ މަރުކަޒު
  • ލޮޓް ދޭއް - ތ. މަޑިފުށި އަދި ތ. ތިމަރަފުށި ކުނިމެނޭޖް ކުރާ މަރުކަޒު
  • ލޮޓް ތިނެއް - ތ. ކިނބިދޫ އަދި ތ. އޮމަދޫ ކުނިމެނޭޖް ކުރާ މަރުކަޒު

އިއުލާންގައި ބުނިގޮތުގައި މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުންނެވެ.

އެއީ ވާރލްޑް ބޭންކް ގައިޑްލައިންސް: IDAކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - 1 ޖުލައި 2016 ގެއުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންކަމަށް ވެސް އިއުލާންގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް