ވ. އަތޮޅުން އައްޑޫ ސިޓީއަށް ވަޔާއި ކަނޑު ގަދަވާނެ

ދެކުނާއި މެދު ރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށް ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކޮށްފި އެވެ. މެޓް އޮފީހުން ވަނީ ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފައި އެވެ. ...

02 Apr 2021 | 10:01

ދެކުނާއި މެދު ރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށް ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކޮށްފި އެވެ.

މެޓް އޮފީހުން ވަނީ ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ މެންދުރު ފަހު 3:00 ން ރޭގަނޑު 9:00 އަށެވެ.

އެ އިދާރާއިން ލަފާ ކުރާގޮތުގައި އެ ސަރަހައްދުގެ ރަށްތަކަށް އާންމު ގޮތެއްގައި 22 މޭލާއި 27 މޭލު ބާރު މިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި 40 މޭލަށް ވައިދަވާނެ ކަމަށް ލަފާ ކުރެ އެވެ. އަދި ކަނޑުތައް ގަދަވާނެ އެވެ.

އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ އެެހެން ހިސާބުތަކަަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކުގެ ރާޅުގެ އުސްމިނުގައި 5-7 ފޫޓު ހުންނާނެ އެވެ. އަދި އެހެން ހިސާބުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3-5 ފޫޓު ގައި އެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާ ކުރެ އެވެ.

މެޓް އޮފީހުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް