މުސާރައާއެކު ރޯދަ އިނާޔަތް ދިނުމުން ފަތަހައިގެ މުވައްޒަފުން އުފަލުން ފޮޅިފައި

ރޯދަ ފެށެން 11 ދުވަހަށް ވެފައިވާއިރު، މަޝްހޫރު ވިޔަފާރި ކުންފުނި، ފަތަހަ އިން އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއެކު ރޯދަ އިނާޔަތް ދީފިއެވެ. 60 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން އަން...

02 Apr 2021 | 09:50

ރޯދަ ފެށެން 11 ދުވަހަށް ވެފައިވާއިރު، މަޝްހޫރު ވިޔަފާރި ކުންފުނި، ފަތަހަ އިން އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއެކު ރޯދަ އިނާޔަތް ދީފިއެވެ.

60 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނަ ފަތަހައިގެ މުވައްޒަފުންނަށް މުސާރައާއާއެކު ރޯދަ އިނާޔަތް އިއްޔެ ވަނީ ދީފައެވެ. އަދި ފާހަގަކޮށްލެވޭ އަނެއް ކަމަކީ ހަމަހަމަ އުސޫލުން ބިދޭސީ މުވައްޒަފުން (މުސްލިމް ނޫން މުވައްޒަފުންވެސް ހިމެނޭހެން) މުސާރައިގެ އިތުރުން 3000 ރުފިޔާ ވަނީ ދީފައެވެ. ފަތަހައިން މައުލޫމާތުދެއްވާގޮތުގައި އެ ފަރާތްތަކަށް 3000 ރުފިޔާ ދީފައިވަނީ ބޯނަސްގެ ގޮތުގައެވެ.

ފަތަހައަކީ ބަރާބަރަށް މުސާރަ ދިނުމުގައި ޒަމާނުއްސުރެ އޮންނަ އާދަ ހިފަހައްޓަމުން އަންނަ ކުންފުންޏެކެވެ. ކާމިޔާބީގެ ބޮޑު ބަޔަކީ މުވައްޒަފުން ކަމުގައި ފަތަހައިން ގަބޫލުކުރެއެވެ. އަމާޒަކީ މުވައްޒަފުން އުފަލުގައި ތިބުން ކަމުގައި ފަތަހައިން ބުނެއެވެ.

ފަތަހައިން ވަނީ އެތައް މިލިޔަން ރުފިޔާގެ މުދާ މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ގެނެސްފައެވެ.

މި ފުރުސަތުގައި ފަތަހައިގެ މެނޭޖްމަންޓުން ވަނީ ހުރިހާ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. މީގެ ތެރޭގައި ފަތަހައިގެ ޑެލިވަރި ޓީމާއި، ގުދަން އޮޕަރޭޝަން ޓީމާއި އޮފީސް ޓީމާއި އަދި ފަތަހައިގެ ސޯޝަލް މީޑިއާ ޓީމަށް މެނޭޖްމަންޓުން ޝުކުރު އަދާކުރެއެވެ. އަދި ކޮވިޑުގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރުވެސް އަދި މިހާރުވެސް މުވައްޒަފުން ބަރާބަރަށް ވަޒީފާއަށް ނިކުމެ ކުރާ ހިތްވަރަށް މެނޭޖްމަންޓުން ތައުރީފު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް