އައްޑޫ ވިޔަފާރި ބަނދަރަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ މުހިންމު ބައެއް: ޝާހިދު

އައްޑޫ ސަރަހައްދީ ވިޔަފާރި ބަނދަރު ތަރައްޤީކުރުން މުހިންމުވަނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތު ތަންފީޒްކުރުމަށް ސަރަހައްދީ ދެ ބަނދަރު ތަރައްޤީވެ، ރައްޔިތުންނަށް ސަރަހައްދުތަކުން ހިދުމަތް ފޯރުކޮށްދިނުމަ...

02 Apr 2021 | 09:41

އައްޑޫ ސަރަހައްދީ ވިޔަފާރި ބަނދަރު ތަރައްޤީކުރުން މުހިންމުވަނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތު ތަންފީޒްކުރުމަށް ސަރަހައްދީ ދެ ބަނދަރު ތަރައްޤީވެ، ރައްޔިތުންނަށް ސަރަހައްދުތަކުން ހިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވާތީކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ

އޭނާ މިހެން ވިދާޅުވީ، އައްޑޫ ސިޓީ ސަރަހައްދީ ވިިޔަފަރި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ން، މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އައްޑޫ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީވެގެންދާއިރު، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރު ވެގެން ދާން ޖެހެނީ ލާމަރުކަޒީކޮށް ލޮޖިިސްޓިކް ހިދުމަތްދެވޭ ދެ ހަބަށް ކަމަށެވެ. .

"އެގޮތުން އަޅުގަނޑުމެން އެމްޓީސީސީ އާއި ވާހަކަދައްކާ، އެމްޓީސީސީން ޕިލިމިނަރީ އެސެސްމެންޓެއް ހަދާ، އަޅުގަނޑުމެން އެ މަސައްކަތުގައި އުޅެނިކޮށް ކޮވިޑްގެ ޕެންޑަމިކް މި އައި. އެ ހިސާބުން ކޮންމެވެސް ވަރަކަށް މަޑުޖެހިފަ އޮތުމަށްފަހު އަނެއްކާވެސް އަޅުގަނޑުމެން މަސައްކަތް މި ފަށައިގަތީ." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޝާހިދު ވިދާޅުވީ އެމްޓީސީސީ އަށް އައްޑޫ ސިޓީގެ ގިނަ މަޝްރޫއުތަކެއް ހަވާލުކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެމްޓީސީސީ މިހާރުވެސް އައްޑޫގައި ފެތުރިގެންފައިވާ ކަމަށެވެ. އެހެންކަމުން އެއީ މި މަޝްރޫއު މިހާރުން މިހާރަށް ފަށައިގަތުމަށް އެ ކުންފުންޏަށް އޮތް ވަރަށް ބޮޑު ފަސޭހައެއްކަމަށް ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލުން އަންދާޒާ ކުރާ ގޮތުގައި މި މަސައްކަތަށް ޖުމްލަ 211،771،805.85 ރުފިޔާ ހަރަދުވާނެ އެވެ. މި މަސައްކަތް މުޅިން ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސް ދުވަހުގެ މުހުލަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް