ބައްޕީ ލެހެރީއަށް ކޯވިޑް ޖެހިގެން އައިސީޔޫގައި ފަރުވާ ދެނީ

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އައި ކޮމްޕޯސަރު ބައްޕީ ލެހެރީއަށް ކޯވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ. އާއިލާގެ ފަރާތުން ދަރިފުޅު ރީމާ...

02 Apr 2021 | 09:30

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އައި ކޮމްޕޯސަރު ބައްޕީ ލެހެރީއަށް ކޯވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އާއިލާގެ ފަރާތުން ދަރިފުޅު ރީމާ ލަހީރީ ނެރުނު ބަޔާނެއްގައި ބުނީ އޭނާއަށް ކޯވިޑް ޖެހިފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. ރީމާ ބުނީ ބައްޕައަށް އެޑްމިޓްގެން ފަރުވާ ދެމުން ދަނީ މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލްގައި ކަމަށެވެ.

އަސީޔޫގައި ފަރުވާ ދެމުން ދަނީ ބައްޕީގެ އުމުރަށް ބަލައި ސީރިއަސް ހާލަތަކަށް ހިނގައިދާނެ ކަމަށް ޑޮކްޓަރުންނަށް ގަބޫލު ކުރެވޭތީ ކަމަށް ރީމާ ބުނެފައިވެ އެވެ. ބައްޕީގެ އުމުރުން މިހާރު 68 އަހަރެވެ.

ކޯވިޑް ޖެހިގެން ބައްޕީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު އޭނާގެ ފަރާތުން ކޯވިޑްގެ މާ ގިނަ އަލާމާތްތަކެއް ނުފެންނަ ކަމަށްވެ އެވެ.

ބައްޕީއަށް ކޯވިޑް ޖެހިފައި މިވަނީ ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމަށް ރެޖިސްޓްރީކޮށްފައި ވަނިކޮށެވެ. އަދި ފުރަތަމަ ޑޯޒަށް ރެޖިސްޓްރީވުމަށް ފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ވަނީ އާންމުންނަށް ވެކްސިން ޖެހުމަށް ބާރު އަޅައި ހިތްވަރު ދީފަ އެވެ.

ބައްޕީގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ހަންމާ" "އޫހް ލަލާ" "މުމްބައިސޭ އަޔާ މެރާ ދޯސްތު" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް