އުނގޫފާރުން ނެގި ސުންކުތަކުގެ ނަތިޖާ ނައްސި

ރ. އުނގޫފާރުން ނ މާފަރު ލެބަށް ފޮނުވި ސުންކުތަކުގެ ނަތީޖާ ނައްސި ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓާލުން ބުނެފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ މި ދިޔަ ބުދަ އަދި ބުރާސްފަރި ދުވަހު ނަގާފައިވާ ...

02 Apr 2021 | 09:17

ރ. އުނގޫފާރުން ނ މާފަރު ލެބަށް ފޮނުވި ސުންކުތަކުގެ ނަތީޖާ ނައްސި ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓާލުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ މި ދިޔަ ބުދަ އަދި ބުރާސްފަރި ދުވަހު ނަގާފައިވާ ސުންކުތަކެކެވެ.

މި ސުންކުތަކުގެ އަދަދު 200 އަށްވުރެ ގިނަ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓާލުން ބުނެ އެވެ.

އުނގޫފާރުން މިހާތަނަށް ހަތް މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އުނގޫފާރުން ކޯވިޑް-19ގެ ވޭދަނައެއް ފުރަތަމަ ފެނިފައިވަނީ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ. ފެނުނު ވޭދަނަތަކާ ގުޅިގެން އުނގޫފާރުން 41 ތަނެއް ހިމެނޭ އަދި 52 ގެއަކާއި ބޯޓެއް ވަނީ މޮނިޓަރިންއަށް ލާފައެވެ.

އުނގޫފާރު ކޭސްތަކާއި ގުޅުން ހުރި ކޭސްތަކެއް އެ އަތޮޅުގެ އެހެން ރަށްރަށުންވެސް ވަނީ ފެނިފަ އެވެ.

އެގޮތުން، މަޑުއްވަރި، މާކުރަތު، އަލިފުށި، އަދި ހުޅުދުއްފާރު އޮތީ މޮނިޓަރުންގެ ހާލަތަށް ގެނެސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް