އައްޑޫ ސަރަހައްދީ ވިޔަފާރި ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ސަރަހައްދީ ވިޔަފާރި ބަނދަރު ތަރައްގީ ކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ. މިއަދު އައްޑޫ ހިތަދޫގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައ...

02 Apr 2021 | 09:01

އައްޑޫ ސިޓީ ސަރަހައްދީ ވިޔަފާރި ބަނދަރު ތަރައްގީ ކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.

މިއަދު އައްޑޫ ހިތަދޫގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޝާހިދު އަލީ އެވެ.

އައްޑޫ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 500،972 ކިއުބިކް މީޓަރު ސަރަހައްދުގެ ބަނދަރު ފުން ކުރާނެ އެވެ. 8.05 ސަރަހައްދެއްގެ ބިން ހިއްކައި، 2،360 އަކަމީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ހަމަޖެހިފައިވެ އެވެ.

އަދި 500 މީޓަރުގެ ސަަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ. މީގެ އިތުރުން 25،900 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމެންޓް ހަދައި ބަނދަރު ބައްތި ހަރުކުރާނެ އެވެ.

އެމްޓީސީސީ އާއި އެމްޕީއެލްއިން މި މަޝްރޫއު ހަވާލުކޮށްފައިވަނީ 211 މިލިއަން ރުފިޔާ އަށެވެ.

މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 525 ދުވަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް