ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އާލިއާ ކޯވިޑަށް ޕޮސިޓިވްވުމުން އޭނާ ވަނީ ގޭގައި އަމިއްލައަށް އައިސޮލޭޓްވެފައި އެވެ. ގޭގައި ކަރަންޓީން ވެގެން ހުރިކަން ހާމަކޮށް އާލިއާ ސޯޝަލް މީޑިއާގައި ބުނީ އޭނާ ޑޮކްޓަރުގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވަމުންދާ ކަމަށެވެ.
އާލިއާ ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު އޭނާ އަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން ކޮންމެ ދުވަހުހެން ކޯވިޑް ޖެހިފައިވޭތޯ ބަލަން ޕީސީއާރު ޓެސްޓު ހަދާ މީހެއް ކަމަށްވެ އެވެ.
އާލިއާ ޕޮސިޓިވްވެފައި މިވަނީ ލޯބިވެރިޔާ ރަންބީރު ކަޕޫރު ކޯވިޑުން ރަނގަޅުވިތަނާ ހެންނެވެ. ރަންބީރު ކޯވިޑަށް ޕޮސިޓިވްވީންސުރެ އާލިއާ ހުރީވެސް ކަރަންޓީންގައި އެވެ.
ރަންބީރު ކޯވިޑް ޖެހިގެން ކަރަންޓީން ގައި ހުރުމުން ދެމީހުން ބައްދަލު ނުވާތީ އާލިއާ ވަނީ އިންސްޓަގްރާމްގައި އެކަމާ ހިތާމަ ފާޅުކޮށްފައި އެވެ. ދެމީހުން އަތުގުޅާލައިގެން އިންނަ ފޮޓޯއެއް ލުމަށް ފަހު އޭރު އާލިއާ ބުނެފައިވަނީ އެންމެ ބޮޑަށް ހަނދާން ވަނީ އެކަން ކަމަށެވެ.
https://www.instagram.com/p/CMTvv5Es0zP/
އާލިއާ ކޯވިޑަށް ޕޮސިޓިވްވުމުން ދެމީހުން ބައްދަލުނުވެ ތިބެން ޖެހުން އިތުރަށް ދިގުލައިގެން ދާނެ އެވެ.
އެ ދެމީހުންނަށް ކޯވިޑް ޖެހިފައިވަނީ ދެ ތަރިން އެކުގައި ފެނިގެންދާ ފިލްމު ބުރަމާސްތްރަގެ ސެޓުން ކަމަށް ބެލެވެ އެވެ. ބްރަމާސްތްރަގައި މަސައްކަތްކުރި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެ ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހިމެނެ އެވެ.
އާލިއާ އާއި ރަންބީރުގެ ކައިވެނީގެ އަޑުަތައް ވެސް ގަދަވެފައިވާއިރު އަންނަ އަހަރުގެ ކުރީކޮޅު މި ދެތަރިން ކައިވެނިކުރާނެ ކަމަށްވެ އެވެ. އަދި އެ ތައްޔާރީތައް ވެސް މިހާރު ވަމުން އަންނަ ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް