ރައްޔިތުންގެ މަޖިލީހުގައި ނޮޅިވަރަމް ދާއިރާ ތަމްސީލުކުރައްވާ މެންބަރު، މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ)، އެޗްޕީއޭއަށް ފާޑުކިޔައި ވަރަށް ތަފާތު ދެ ޓްވީޓެއް ކުރައްވައިފިއެވެ.
އެ ދެ ޓްވީޓްގެ ތެރެއިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރުގެ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މައިމޫނާ އަކީ މުޅި ގައުމު ހިސޯރުކޮށްގެން އުޅޭ ބޮޑު ވަގެއް ކަމަށެވެ. އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
"ވަކި ބައެއްގެ މޯހިރުގަ މަގާމު ގެއްލިދާނެތީ" މޮސްޓާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
https://twitter.com/MNA_MosTaaA/status/1377223859523313665
ދެވަނަ ޓްވީޓްގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގްގެ ފޮޓޯއަކާއެކު ވިދާޅުވެފައިވަނީ މިއީ އެއްވެސް އިރަކު ގުޅުމެއް އޮތްކަމެއް ނޫން ކަމަށެވެ.
"ވަގު މައިމޫނާ އިސްވެހުރެ ހިންގަމުންދާ ޖަރީމާތަކުން އިރާދަކުރެއްވިއްޔާ މި ސަލާމަތްވަނީ ދެން" މޮސްޓާ ވިދާޅުވެފައިވެއެވެ.
މޮސްޓާ އިތުރަށް ވިދާޅުވެފައިވަނީ މި ޖަރީމާ ހިންގީތީ އިރާދަކުރެއްވިއްޔާ ޖަލުގައިވެސް އޮންނަން ޖެހޭނެ ކަމަށެވެ.
https://twitter.com/MNA_MosTaaA/status/1377652105134112768
މޮސްޓާ މިހެން ވިދާޅުވެފައިވާއިރު ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް މިހާރު ވަނީ އުވާލާފައެވެ. ނަމަވެސް މާލެ ސަރަހައްދުން ޕޮޒިޓިވް ވާ އަދަދުވެސް ވަކި މަދެއް ނޫނެވެ.
މާލެ ސަރަހައްދަށްވުރެ ބޮޑަށް މިހާރު ކޮވިޑު ފެތުރެމުން އަންނަނީ ރަށްރަށުގައި ކަމަށް ބެލެވެއެވެ. ހާއްސަ ގޮތެއްގައި ޅ. އަތޮޅުގައި ހާލަތު ގޯހެވެ. އެ އަތޮޅުގެ ހުރިހާ ރަށެއް މޮނީޓަރިން ހާލަތުގައި އޮތް އިރު ނައިފަރުގައި ކޮވިޑު އެކްޓިވް އަދަދު 140 އިން މައްޗަށް ގޮސްފައިވާއިރު ފެލިވަރުގެ އަދަދު އުޅެނީ 240 އިން މަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް