ރާއްޖޭގެ ރީތި ފޮޓޯއަކާއި އެކު ބަނޑުބޮޑުކަން ހާމަ ކުރިޔަސް ދިއާއަށް ގިނަ ބައެއްގެ ފާޑުކިޔުން!

ބޮލީވުޑްގެ ބަތަލާ ދިއާ މިރުޒާ އިއްޔެ އިންޑިއާ ނޫސްތަކުން ޖާގަ ހޯދީ ރާއްޖޭގައި ނަގާފައިވާ ހިތްގައިމު ފޮޓޯ އަކާއި އެކު ބަނޑުބޮޑުކަން ހާމަ ކުރުމުންނެވެ. އިރު އޮއްސޭ މަންޒަރު ފެންނާނެހެން ނަގާފައިވާ އެ ފޮ...

02 Apr 2021 | 04:49

ބޮލީވުޑްގެ ބަތަލާ ދިއާ މިރުޒާ އިއްޔެ އިންޑިއާ ނޫސްތަކުން ޖާގަ ހޯދީ ރާއްޖޭގައި ނަގާފައިވާ ހިތްގައިމު ފޮޓޯ އަކާއި އެކު ބަނޑުބޮޑުކަން ހާމަ ކުރުމުންނެވެ.

އިރު އޮއްސޭ މަންޒަރު ފެންނާނެހެން ނަގާފައިވާ އެ ފޮޓޯ ގައި ދިޔާ ހުއްޓިލައިގެން ހުރި ގޮތުން އޭނާ ބަނޑުބޮޑުކަން ވަރަށް ރީތިކޮށް އެނގެ އެވެ. އެ ފޮޓޯއާއި އެކު ދިޔާ އިންސްޓަގްރާމްގައި ވަނީފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން އިއުލާނުކޮށްފައި އެވެ.

ދިޔާ އާއި ފިރިމީހާ ވައިބާވް ރޭކީ އަދި ދޮންދަރިފުޅު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން އައީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ދުވަހަކުވެސް ހިތުން ނުފިލާނެ ވަރުގެ ހަނދާންތަކާއި އެކު ޗުއްޓީ ނިންމާލުމަށް ފަހު ރާއްޖެއިން ގޮސް ދިއާ ބަނޑުބޮޑުކަން ހާމަ ކުރުމުން އެކަމަށް ގިނަ ބަޔަކު މަރުހަބާ ކިޔުމާއި އެއްވަރަށް މަލާމާތާއި ސުވާލުވެސް ދަނީ އުފައްދަމުންނެވެ.

ދިއާ އާއި ވައިބާވް ކައިވެނި ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. ދިއާ އާންމުކޮށްފައިވާ ފޮޓޯއިން ދިއާގެ ބަނޑު ވަރަށް ރަނގަޅަށް އެނގެއެވެ.

https://www.instagram.com/p/CNIATcpjlOt/

ކައިވެންޏަށް ފަހު ދިއާ ބަނޑުބޮޑުވި ނަމަ ދިއާގެ ބަނޑުން އޭނާ ބަލިވެ އިނދެގެން އުޅޭކަމެއް އަދި ނޭނގޭނެއެވެ. ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވަމުން ދަނީ އެހެންވެ އެވެ.

ދިއާގެ ފޮޓޯ އާއި އެކު ގިނަބަޔަކު ދަނީ ދެމީހުން ކައިވެނި ކުރީ ބަލިވެ އިންކަން އެނގިގެންތޯ ސުވާލު ކުރަމުންނެވެ.

ދިއާ މިރްޒާ އޭއި އޭނަގެ ފިރިމީހާ ވައިބަވް ކައިވެނި ކޮށްފައިވަނީ ދިއާގެ ގޭގައި، ދެމީހުންގެ އާއިލާއާއި ގާތް ރައްޓެހިންނާއެކު ބޭއްވި ހަފްލާއެއްގައެވެ. މި ހަފްލާގައި މާގިނަ ބަޔަކު ބައިވެރިވެފައެއް ނުވެއެވެ.

އެކަމަކު ހަފްލާގެ ފޮޓޯތައް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެ ގިނަ ބައެއްގެ ސަމާލުކަން އެ ކައިވެންޏަށް ހުއްޓުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް