ސ. ހިތަދޫ ބަނދަރު ތަރައްގީކުރަން އިއްޔެ ހަވާލުކުރި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި

ސ. ހިތަދޫ އިހުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ސ. ހިތަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހިތަދޫ ...

02 Apr 2021 | 04:40

ސ. ހިތަދޫ އިހުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފިއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ސ. ހިތަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މަޖްލިސް މެމްބަރުން ކަމުގައިވާ، އަލްފާޟިލް މުހައްމަދު އަސްލަމް، އަލްފާޟިލް އަހުމަދު ރަޝީދު، އަލްފާޟިލް އިބްރާހިމް ނާޒިލް، އެމްޓީސީސީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި އިސްވެރިން، އަދި އައްޑޫ ސިޓީ ކައުންސިލްގެ ރައީސްއާއި މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސ. ހިތަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 234,297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި،1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މި ކުންފުންޏާއި ޙަވާލުކުރި މި މަޝްރޫޢުއަކީ 52.43 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 365ދުވަސްތެރޭގައިއެވެ.މި ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް