ކޯވިޑް-19: ފައްސިވި މީހުންގެ އަދަދު މިލިޔަނަކަށް. 50 ހާހަށްވުރެ ގިނަ މަރު

ދުނިޔެ މިހާރު ދެކެމުންދާ ބަލިމަޑުކަމުގެ ބޮޑު މުސީބާތްކަމުގައިވާ ކޯވިޑް-19 އަށް ފައްސިވި (ޕޮޒިޓިވް) މީހުންގެ މިލިޔަނަކާ ގާތަށް ޖެހިލައިފިއެވެ. މިއަދުގެ މިހާތަނަށް ލިބެންހުރި މަޢުލޫމާތުތަކަށް ބަލާއިރު، ...

02 Apr 2020 | 18:29

ދުނިޔެ މިހާރު ދެކެމުންދާ ބަލިމަޑުކަމުގެ ބޮޑު މުސީބާތްކަމުގައިވާ ކޯވިޑް-19 އަށް ފައްސިވި (ޕޮޒިޓިވް) މީހުންގެ މިލިޔަނަކާ ގާތަށް ޖެހިލައިފިއެވެ. މިއަދުގެ މިހާތަނަށް ލިބެންހުރި މަޢުލޫމާތުތަކަށް ބަލާއިރު، ބައްޔަށް ވަނީ 981000 މީހުން ފައްސިވެފައެވެ.

އަނެއްކޮޅުން، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ މިހާރު ވަނީ 50 ހާސް ފަހަނައަޅާ ގޮސްފައެވެ. ބަލިން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 204000 ގައެވެ.

ކޯވިޑް-19 މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު ފަހުން، ދުނިޔޭގެ ގިނަ ގައުމުތަކަކަށް ވަނީ މި ބަލި ފެތުރިފައެވެ. ބަލިމަޑުކަމުގައި މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާއިރު، އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި އަދިވެސް ބަލި ކޮންޓްރޯލް ނުވެއެވެ.

ސްޕެއިން އިން މިއަދު މަރުވި 950 މީހުންނާއެކު، އެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10000 އިން މައްޗަށް އަރާފައެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގައި ސްޕެއިން ކޯވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެ ގައުމުން ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު އުޅެނީ 110238 ގައެވެ.

ކޯވިޑް-19 ގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވާ އެމެރިކާއިން މަރުވި މީހުންގެ އަދަދު މިހާރު އުޅެނީ 5316 ގައެވެ. އެ ގައުމުން ފައްސިވި މީހުންގެ އަދަދު 2 ލައްކައަށްވުރެ ގިނައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް