ކާފިއު ގަޑީގައި ވީބީ މާޓުން ވެސް ޑެލިވަރީ ކޮށްދެނީ

ރާއްޖޭގައި އެންމެ ދުވަސްވީ އެއް ކުންފުންޏެކަމަށްވާ ވީބީ މާޓުން ކާފިއު ވަގުތުތަކުގައި 100ރ. އިން މަތީގެ ކޮންމެ އޯޑަރެއް ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ. ކޯވިޑް-19 ރާއްޖެއިން ކޮންޓްރޯ...

02 Apr 2020 | 17:05

ރާއްޖޭގައި އެންމެ ދުވަސްވީ އެއް ކުންފުންޏެކަމަށްވާ ވީބީ މާޓުން ކާފިއު ވަގުތުތަކުގައި 100ރ. އިން މަތީގެ ކޮންމެ އޯޑަރެއް ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

ކޯވިޑް-19 ރާއްޖެއިން ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، މިއަދުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މަގުމަތީގައި އާންމުންނާއި ދުއްވާ އެއްޗެހި ނޫޅެން ވަނީ އަންގާފައެވެ.

ވީބީން އޯޑަރު ދޭން ބޭނުންވާ ނަމަ ޖެހޭނީ ވައިބާ ނަންބަރު، 9633855 އަށް މެސެޖު ކުރާށެވެ. އޯޑަރު ކުރެވޭނީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އާ ދެމެދުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް