ކޯވިޑް-19: ހަވީރު 16:30 އިން 20:30 އަށް ޕެޓްރޯލް ޝެޑުތައް ބަންދު

މިއަދުން ފެށިގެން ހަވީރު 16:30 އިން 20:30 އަށް ޕެޓްރޯލް ޝެޑުތައް ބަންދުވާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ބުނެފި އެވެ އެކުންފުނިން ބުނީ ކޯވިޑް-19 އާ ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަ...

02 Apr 2020 | 16:23

މިއަދުން ފެށިގެން ހަވީރު 16:30 އިން 20:30 އަށް ޕެޓްރޯލް ޝެޑުތައް ބަންދުވާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ބުނެފި އެވެ

އެކުންފުނިން ބުނީ ކޯވިޑް-19 އާ ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ވަކި ވަގުތެއްގައި މީހުންނާއި އެއްގަމު އުޅަނދު ނޫޅުމަށް އެޗްޕީއޭ އިން ނިންމާފައި ވާތީ އެކަމާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ.

މާލެ ސިޓީގެ މަގުތައް މައްޗަށް މިއަދު ހަވީރުން ފެށިގެން ހަވީރު 17:00 އިން ރޭގަނޑު 20:00 ގެ ނިޔަލަށް އާންމު ނުކުމެ އުޅުން މަނާކަމަށް ވަނީ އަންގާފަ އެވެ. އެގޮތުން އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އެޗްޕީއޭ އަންގާފަ އެވެ.

ފުލުހުން ބުނީ މިވަގުތުގައި ބޭރަށް ނުކުމެ އުޅޭ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތްތެރިވާނެ ކަމަށާއި ނަމަވެސް ކުށް ތަކުރާރުކޮށްފިނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށެވެ.

އަދި މި ގަޑިތަކުގެ އިތުރުން ވެސް، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް