ފޮޓޯ: ކާފިއުއާ އެކީ މާލޭގެ މަގު މައްޗަށް ފަޅުކަން!

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގެވުމަކުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު5:00 ރޭގަނޑު8:00 ...

02 Apr 2020 | 13:27

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގެވުމަކުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު5:00 ރޭގަނޑު8:00 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކާފިއު ހިންގަން ވަނީ ނިންމާފައި އެވެ.

މިގޮތަށް އަންގާފަައިވަނީ މުއްދަތެއް ނެތް ގޮތަށެވެ. މީގެ އިތުރުން އެ ނޫން ވަގުތުތަކުގައި ތިން މީހުންނަށްވުރެ ގިނައިން މަގުމަތީގައި އެކުގައި ނޫޅެވޭނެ ކަމަށް ބުނެފައިވެ އެވެ.

މި އެންގުމާއި ހިލާފުވާ ފަރާތްތައް ނަސޭހަތް ދިނުމަށް ފަހު1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.

މިއީ މިފަހުގެ ތާރީހެއްގައި މާލޭގައި ކާފިއު ހިންގާ ފުރަތަމަ ފަހަރެވެ. މިއީ ނުރައްކާތެރި ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް