ވިލަމެންދޫ ރިސޯޓުގެ ތިޖޫރީ ފަޅާލައި 230 ރުފިޔާ އާއި 80  ޑޮލަރު ވަގަށް ނަގައިފި

އދ. ވިލަމެންދޫ ރިސޯޓުގެ އޮފީހުގައި ހުރި ތިޖޫރީ އެއް ހަލާކުކޮށްލައިގެން ވައްކަން ކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ މިއަދު ހެނދުނު 08:59 އެހާކަންހާއިރު ކަމަށެވެ. ތިޖޫރީ ފެނިފައިވަނީ...

02 Apr 2020 | 09:51

އދ. ވިލަމެންދޫ ރިސޯޓުގެ އޮފީހުގައި ހުރި ތިޖޫރީ އެއް ހަލާކުކޮށްލައިގެން ވައްކަން ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ މިއަދު ހެނދުނު 08:59 އެހާކަންހާއިރު ކަމަށެވެ. ތިޖޫރީ ފެނިފައިވަނީ ރިސޯޓު އޮފީހުގެ ގުދަނުންނެވެ. ފެނުނު އިރު ތިޖޫރީ ފަޅާލައި އޭގައި ހުރި ޕާސްޕޯޓުތަކަކާއި 230  ރުފިޔާ އާއި80   ޑޮލަރު ވަނީ ވަގަށް ނަގާފައި އެވެ.

މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް