ކޯވިޑް-19: ނަޝީދުގެ ޓެސްޓް ނެގެޓިވް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮރޯނާވައިރަސް (ކޯވިޑް-19) ޓެސްޓް ނެގެޓިވް ވެއްޖެ އެވެ. ސިއްހީ އެހީތެރިން ރައްޔިތުން މަޖިލީހަށް ގޮސް ނަޝީދުގެ ސާމްޕަލް ނަގާފައިވަނ...

02 Apr 2020 | 09:37

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮރޯނާވައިރަސް (ކޯވިޑް-19) ޓެސްޓް ނެގެޓިވް ވެއްޖެ އެވެ.

ސިއްހީ އެހީތެރިން ރައްޔިތުން މަޖިލީހަށް ގޮސް ނަޝީދުގެ ސާމްޕަލް ނަގާފައިވަނީ އިއްޔެ އެވެ. މިއަދު ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނަޝީދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ނަޝީދުގެ ސާމްޕަލް ކޯވިޑް-19 އަށް ނެގެޓިވް ކަމަށެވެ. މި ސިޓީ ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައި އެވެ.

ނަޝީދު ކޯވިޑް-19 އަށް ޓެސްޓު ކުރަން ޖެހިވަޑައިގަތީ މިދިޔަ މަހުގެ11 ން14 އަށް އިނގިރޭސިވިލާތަށް ވަޑައިގެންނަވާފައިވާތީ އެވެ.

މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވި ހުރިހާ ދިވެހިންނަކީ އިނގިރޭސިވިލާތުން އައި މީހުންނެވެ. އެގޮތުން ހަތަރު މީހަކު ވަނީ ބައްޔަށް ޕޮސިޓިވް ވެފައި އެވެ.

އެހެންވެ އެޗްޕީއޭއިން ނިންމާފައިވަނީ މިދިޔަ މަހުގެ 14 ން 19 އަށް އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެން ކޯވިޑް-19 އަށް ޓެސްޓު ކުރާށެވެ. އޭގެ ފަހުން ރާއްޖެ އައި މީހުން ތިބީ ކަރަންޓީން ފެސިލިޓީތަކުގައި އެވެ. އެމީހުން ކަރަންޓީނުން ދޫކޮށްލާނީ ވައިރަހަށް ޓެސްޓު ކުރުމަށް ފަހު އެވެ.

އެޗްޕީއޭއިން ނިންމާފައިވަނީ އެމުއްދަތުގައި އިނގިރޭސިވިލާތުން އައި މީހުންނާއި އެމީހުންނާއި ގުޅުންހުރި މީހުންގެ އިތުރުން މުއާމަލާތް ކުރެވިފައިވާ އެންމެން ވައިރަހަށް ޓެސްޓު ކުރާށެވެ. މިހާތަނަށް45 މީހަކު ވަނީ ޓެސްޓުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް