މަރަދޫއަށް އަރާ މުދަލަށް ގެއްލުންދިން ހަތަރު މީހަކު ހައްޔަރުކޮށްފި

އައްޑޫސިޓީ މަރަދޫ އަށް އަރާ އާންމުންގެ މުދަލަށް ގެއްލުންދިން މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ މާޗް 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އައްޑޫސިޓީ މަރަދޫ އަށް ބަޔ...

02 Apr 2020 | 08:43

އައްޑޫސިޓީ މަރަދޫ އަށް އަރާ އާންމުންގެ މުދަލަށް ގެއްލުންދިން މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ މާޗް 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އައްޑޫސިޓީ މަރަދޫ އަށް ބަޔަކު އަރާ އެރަށުގެ އާންމުންގެ މުދަލަށް ގެއްލުންދީފައިވާކަމަށެވެ.

އެގޮތުން ގެއްލުންދީފައި ވަނީ މަރަދޫ ފިހަރާއަކާއި ދެ ގެއަކަށް ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހަކު އިއްޔެ ކޯޓު އަމުރެއްގެ ދަށުން އައްޑޫސިޓީ ހިތަދޫއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހަކާއި 22 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ. އަދި މި ހަތަރު މީހުނަކީ ދިވެހި ފިރިހެނުންކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް