ދިރާގު ޕޭއިން އިތުރު ކްރެޑިޓް، ކޭޝްބެކް އަދި ޑިސްކައުންޓުތަކެއް!

އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް އަހުލުވެރިކުރުވައި، އެކަމަށް ބާރު އެޅުމުގެ ގޮތުން ދިރާގު ޕޭއިން ހާއްސަ ޑިސްކައުންޓުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. ދިރާގުން ބުނީ މި ޕްރޮމޯޝަން...

02 Apr 2020 | 07:51

އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް އަހުލުވެރިކުރުވައި، އެކަމަށް ބާރު އެޅުމުގެ ގޮތުން ދިރާގު ޕޭއިން ހާއްސަ ޑިސްކައުންޓުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގައި ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ އިތުރުން މި އެޕްލިކޭޝަން ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ބައިވެރިވެވޭނެ ކަމަށެވެ.

ދިރާގު ޕޭގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕޯސްޓްޕެއިޑް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ބޭނުންކުރާ ކަސްޓަމަރުން ދިރާގު ޕޭ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުމުން ޖެހިގެން އަންނަ މަހުގެ ބިލުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. ޕްރީޕެއިޑް ކަސްޓަމަރުން ދިރާގު ޕޭ މެދުވެރިކޮށް ޖޫން 30ގެ ކުރިން ކުރާ ކޮންމެ ރީލޯޑަކަށް 20 ޕަސެންޓު ބޯނަސް ކްރެޑިޓް ލިބިގެންދާނެއެވެ.

މީގެ އިތުރުން ދިރާގުން ވަނީ "ކޭޝްބެކް" ހިދުމަތެއްވެސް ތައާރަފުކޮށްފައެވެ. މި ހިދުމަތުގެ ދަށުން ދިރާގު ޕޭ މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އޭޕްރީލް މަހުގެ ކޮންމެ ހަފުތާއަކު ފައިސާ ލިބުމުގެ ފުރުސަތު އޮންނާނެއެވެ. އެގޮތުން ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ހަފްތާއަކު މަދުވެގެން 50 ރުފިޔާގެ ފަސް ވިޔަފާރި ކުރުމުން ކޮންމެ ހަފްތާއަކު 50 ރުފިޔާ ދިރާގު ޕޭ ވޮލެޓަށް ޖަމާވާނެއެވެ.

ދިރާގު ޕޭއިން އަލަށް ތައާރަފު ކުރި މި ހިދުމަތްތަކާއި ބެހޭ މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އަންނަ ޖޫން މަހުގެ30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ކުންފުނިން ބުނީ ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުވުމަށާއި ގެއިން ބޭރަށް ނުދިޔުމަށް ކެނޑިނޭޅި ސިއްހީ މާހިރުން ގޮވާލަމުންދާއިރު، ދިރާގު ޕޭއަކީ ފައިސާގެ މުއާމަލާތް ކުރުމަށް ރައްކާތެރި ގޮތެއް ކަމަށެވެ.

ދިރާގު ޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ 260އަށް ވުރެ ގިނަ ވިޔަފާރިތަކުން ފޯރުކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް