އަންނަ ހަފްތާގައި ބޭންކުތަކުގެ ހިދުމަތް ތިން ދުވަހު ދޭނެ

އަންނަ ހަފްތާގައި ބޭންކުތަކުގެ ހިދުމަތް ތިން ދުވަހު ދޭ ގޮތަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ހަމަޖައްސައިފި އެވެ. އެމްއެމްއޭއިން ބުނީ އަންނަ ހަފްތާގައި ބޭންކުތަކާއި އެމްއެމްއޭގެ ހިދުމަތް ހޯމަ، އަންގާރ...

02 Apr 2020 | 07:28

އަންނަ ހަފްތާގައި ބޭންކުތަކުގެ ހިދުމަތް ތިން ދުވަހު ދޭ ގޮތަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ހަމަޖައްސައިފި އެވެ.

އެމްއެމްއޭއިން ބުނީ އަންނަ ހަފްތާގައި ބޭންކުތަކާއި އެމްއެމްއޭގެ ހިދުމަތް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ދޭނެ ކަމަށެވެ. އެގޮތުން މިހާރެކޭ ވެސް އެއްގޮތަށް ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށް ބޭންކްތަކުގެ ހިދުމަތް ދޭނެ ކަމަށެވެ.

އެމްއެމްއޭ އިން ވަކި ލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް އެ ދުވަސްތަކުގައި ދޭން ހަމަޖައްސާފައިވަނީ ހެނދުނު 9:30 އިން ފެށިގެން 11:00  އަށެވެ.

ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ބަންދު ހަފްތާއެއްގެ ގޮތުގައި އަންނަ ހަފްތާވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފަ އެވެ. މިދިޔަ ހަފްތާއިން ފެށިގެން ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ވަނީ ބަންދުކޮށްފައި އެވެ.

ސަރުކާރު އޮފީސްތަކުގެ އިތުރުން ސްކޫލްތަކާއި، ކޮލެޖު، ޔުނިވާސިޓީތައްވެސް ވަނީ ކޯވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައި އެވެ. އަދި މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކު ހަވީރު5:00 ން ރޭގަނޑު8:00 އަށް ވަނީ ކާފިއު ހިންގަން ނިންމާފައި އެވެ. އެނޫން ވަގުތުތަކުގައި ބޭރުގައި އުޅޭއިރު ތިން މީހުންނަށް ވުރެ ގިނައިން އެކުގައި ނޫޅެވޭނެ ކަމަށްވެސް ވަނީ އެޗްޕީއޭއިން އަންގާފައި އެވެ.

ކޯވިޑް-19 އަށް ރާއްޖެއިން19 މީހަކު މިހާތަނަށް ވަނީ ޕޮސިޓިވްވެފައި އެވެ. އޭގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ ހަތަރު ދިވެހިންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް