މީހުން ބިރު ގަންނަ ގޮތަށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފި

ބާރު ސްޕީޑުގައި މާލޭ މަގުމަތީގަައި ސައިކަލު ދުއްވި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. މީހުން ބިރު ގަންނަ ގޮތަށް މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު...

02 Apr 2020 | 03:02

ބާރު ސްޕީޑުގައި މާލޭ މަގުމަތީގަައި ސައިކަލު ދުއްވި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މީހުން ބިރު ގަންނަ ގޮތަށް މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ދެއްވާފަ އެެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ އިއްޔެ ހެނދުނު6:12 ހާއިރު ކަމަށެވެ. އޭނާ ހައްޔަރު ކުރީ މާލޭގެ އެކި މަގުތަކުގައި އަޑުގަދަކޮށް މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވާފައިވާތީ އެވެ.

އެއީ19 އަހަރުގެ ފިރިހެނެކެވެ، އޭނާ ހައްޔަރު ކުރީ އަމީނީ މަގު ޓްރެފިކް ޕޮލިސް ސްޓޭޝަން ކައިރިންނެވެ.

އެމީހާ ހައްޔަރުކޮށް އިއްޔެ ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފައި އެވެ. ކްރިމިނަލް ކޯޓުން ވަނީ އެމީހާގެ ބަންދަށް15 ދުވަސް ޖައިދީފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް