ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ފްލައިޓުތައް އޮަރޭޓް ކުރާ ގަޑިތަކަށް ބަދަލު ގެނެސްފައިވާތީ ޓްރާންސްޕޯޓު މިނިސްޓްރީން ހިންގާ ތިން ރީޖަނަލް އެއާޕޯޓެއްގެ ރޭގަނޑުގެ އޮޕަރޭޝަންސްތައް ހުއްޓާލައިފި އެވެ.
އެ އެއާޕޯޓުތަކަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ކާޑެއްދޫ އެއާޕޯޓު އަދި ފުވައްމުލަކު އެއާޕޯޓެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ދަށުން24 ގަޑިއިރު ހިދުމަތް ދޭ އެއާޕޯޓުތަކުގެ ތެރެއިން މި ތިން އެއާޕޯޓުގެ ރޭގަނޑުގެ ހިދުމަތް މެދުކަނޑާލަން ނިންމީ ފްލައިޓު ހަރަކާތްތައް މަދުކޮށްފައިވާތީ ކަމަށެވެ. މިއްޔެއިން ފެށިގެން އެ އެއާޕޯޓުތަކުގެ އޮޕަރޭޝަންސް ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު6:00 ހަވީރު6:00 އަށް ކަމަށް ބުނެފައިވެ އެވެ.
އެހެންނަމަވެސް މެޑިކަލް އިވެކުއޭޝަން ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރޭގަނޑު ފްލައިޓްތައް ބާއްވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އެގޮތުން އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ތިން ގަޑިއިރު ކުރިން އެ މަޢުލޫމާތު އެއާލައިން އޮޕަރޭޓަރުގެ ފަރާތުން އެއާޕޯޓަކަށް އެންގެވުމުން ފްލައިޓް ހަރަކާތުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
https://twitter.com/MoTCAmv/status/1245329771912777735
މި ތިން އެއާޕޯޓަށްވެސް ދަތުރު ކުރަނީ މޯލްޑިވިއަންގެ ފްލައިޓުތަކެވެ. ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓުން އިންޑިއާގެ ކޮޗިންއަށްް ކުރާ މޯލްޑިވިއަންއިން ކުރާ ދަތުރުތައްވެސް ވަނީ މެދުކަނޑާލާފައި އެވެ.
ކޯވިޑް-19 އާއި ގުޅިގެން އިގްތިސޯދަށް ހީނަރުކަން އައިސް ވައިގެ ދަތުރުފަތުރުތައް މުޅިން ހެން ވަނީ ހުއްޓިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް