ސްޓެލްކޯއިން އާންމުކުރި ޗާޓު -
މި ރޯދަމަހުގެ ފުރަތަމަ ދުވަހުގެ އެންމެ ޕީކު
ގަޑީގައިވެސް މާލޭގައި ބޭނުންކުރީ 78 މެގަވޮޓްގެ ކަރަންޓު ކަމަށް ސްޓެލްކޯއިން
ބުނެފިއެވެ.
މިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި
ސްޓެލްކޯއިން ބުނެފައިވަނީ ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު
ބޭނުންކުރި އަދަދު ވިއްސާރަވުމުގެ ސަބަބުން ދަށް ކަމަށެވެ. އަދި ހަމަ އެހެންމެ
ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ސްކޫލުތަކާއި އޮފީސްތައްވެސް ބަންދު ދުވަހެއް ކަމުން
ކަރަންޓު ބޭނުންކުރި އަދަދު ބޮޑުތަނުން ދަށްވެފައިވާކަންވެސް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
ސްޓެލްކޯއިން ހާމަކުރި ޗާޓުން ފެންނަ ގޮތުގައި އެންމެ
ޕީކް ގަޑިއަކީ ހަވީރު ހަތަރަކާއި ފަހަކާއި ދެމެދެވެ. އެ ވަގުތު ކަރަންޓު ބޭނުންކުރި
މިންވަރު ހުރީ 77 އާއި 78 މެގަވޮޓާއި ދެމެދުގައެވެ. ހަވީރު ހައެއްގެ ފަހުން އަދަދު
68 މެގަވޮޓަށް ވެއްޓިފައިވާކަންވެސް އެ ޗާޓުން ދައްކައެވެ.
ސްޓެލްކޯއިން ފާހަގަކޮށްފައިވާގޮތުގައި ރޯދައިގެ
ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު 100 މެގަވޮޓުން މަތިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް