ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއްގައި ދައުލަތުން ހުށަހެޅި ލިޔުޔުމެއް ބަލައި ނުގެންނަން ކްރިމިނަލް ކޯޓުން ނިންމުމުން އިސްތިއުނާފުގެ މަރުހަލާގައި ޕީޖ އޮފީހުން ސުޕްރީމް ކޯޓުގައި ކާމިޔާބުކޮށްފި އެވެ.
މި މައްސަލައިގަ ކްރިމިނަލް ކޯޓުން ބަލައި ނުގަންނަ ނިންމީ ބުއްދީގެ ތަސައްރަފު ނުފުދޭ ކުއްޖެއްކަން ޝަރީއަތަށް ސާބިތު ކޮށްދިނުމަށް ހުށަހެޅި ލިޔުމެވެ. އެ މައްސަލަ ޝަރީއަތް ފެށުމުގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފައި އެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުންވެސް ނިންމީ ޕީޖީ އޮފީހާއި ދެކޮޅަށެވެ. އެހެންވެ މި މައްސަލަ ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
މި މައްސަލައިގަ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގައިވާ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން 18 އަހަރު ފުރިފައިވިޔަސް، ބުއްދީގެ ތަސައްރަފު ނުފުދޭ ކުދިންނާއި މީހުންވެސް ގާނޫނީ ގޮތުން ކުޑަކުދިން ކަމަށް ބެލެވޭނެ އެވެ.
ޖިންސީ ގޯނާ ލިބުނު ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ 18 އަހަރުން މަތީގެ ކުއްޖެއް ނަމަ އެ ކުއްޖާއަކީ ބުއްދީގެ ތަސައްރުފު ނުފުދޭ ކުއްޖެއްކަން ޝަރީއަތަށް ސާބިތު ކޮށްދޭފަދަ "ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ގަބޫލުކުރާ އެހެން އިދާރާއެއްގެ ލިޔުމެއް" ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހަޅަން ޖެހޭ ކަމަށް ހައިކޯޓުން މީގެ ކުރިން ނިންމި ގަޒިއްޔާއެއްގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް