ކޯވިޑް-19 ވެކްސިން މިއަދު ޖެހީ 6،550 މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު މާލެއިން ވެކްސިން ދީފައިވަނީ 2،105 މީހުންނަށެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 4،445 މީހުންނަށެވެ.
މިއާއި އެކު ރާއްޖެއިން ކޯވިޑް-19 ވެކްސިން ދިން މީހުންގެ އަދަދު ވަނީ 123،665 އަށް އަރާފައި އެވެ.
އެއީ މާލެއިން 79،356 މީހުންނެވެ. އަތޮޅު ތެރޭގައި މިހާތަނަށ ްވެކްސިން ދީފައިވަނ ީ44،309 މީހުންނަށެވެ.
ރާއްޖޭގައި ކޯވިޑަށް ވެކްސިން ދޭން ފެށީ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ.
https://twitter.com/HPA_MV/status/1366798802603155457
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް