ކޯވިޑް ޖެހުނު އަދަދު 20،000 އިން މައްޗަށް

ރާއްޖެއިން އިތުރު 165 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 132 މީހުންނެވެ. ރިސޯޓުތަކުން 19 މީހުން ޕޮސިޓިވްވެފައިވާއިރު މީހުން ދިރިއުޅޭ ރަށްތަކުން 13 މީހަކު ޕޮ...

02 Mar 2021 | 17:14

ރާއްޖެއިން އިތުރު 165 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 132 މީހުންނެވެ. ރިސޯޓުތަކުން 19 މީހުން ޕޮސިޓިވްވެފައިވާއިރު މީހުން ދިރިއުޅޭ ރަށްތަކުން 13 މީހަކު ޕޮސިޓިވްވި އެވެ. ދެންޕޮސިޓިވްވެފައިވަނީ ސިނާއީ ރަށަކުން މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 4،970 ސާމްޕަލެވެ.

މިވަގުތު ކޯވިޑް ޖެހިގެން 2،605 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 186 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 17،470 މީހުން ވނީ ބަލިން ރަނގަޅުވެފައި އެވެ.

މި ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 62 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 20،144 އަށް އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް