އިންޑިއާގެ ޕްރަސާރު ބާރަތާއި ޕީއެސްއެމްއާއި ދެމެދު އެއްބަސްވުމަކަށް

އިންޑިއާގެ ޕްރަސާރް ބާރަތު އަދި ދިވެހިރާއްޖޭގެ ޕަބްލިކް ސާވިސް މީޑިއާގެ (ޕީ.އެސް.އެމް) މެދުގައި އެމް.އޯ.ޔޫ އެއްގައި ވަނީ ސޮއި ކޮށްފިއެވެ. މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ އެކްސްޓާނ...

02 Mar 2021 | 16:54

އިންޑިއާގެ ޕްރަސާރް ބާރަތު އަދި ދިވެހިރާއްޖޭގެ ޕަބްލިކް ސާވިސް މީޑިއާގެ (ޕީ.އެސް.އެމް) މެދުގައި އެމް.އޯ.ޔޫ އެއްގައި ވަނީ ސޮއި ކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރ ފެބްރުއަރީ 20-21 އަށް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ.

މި އެމް.އޯ.ޔޫގެ ފްރޭމްވޯކްގެ ދަށުން ދެގައުމުގެ އިންޓަލެކްޗުއަލް ޕްރޮޕަޓީ ގާނޫނުތަކާއި ޚިލާފު ނުވާނޭހެން، އަދި ކޮންޓްރެކްޓްގެ ހަމަތަކާއި އެއްގޮތަށް، ޚަބަރާއި؛ ސަގާފީ، ތައުލީމީ، މުނިފޫހިފިލުވުން، ކުޅިވަރު، ސައިންސްގެ ދާއިރާ އާއި ގުޅޭ ޕްރޮގްރާމްތަކާއި ކޮންޓެންޓް ހިއްސާކޮށް ބަދަލުކުމަށް މަގުފަހިވެ އެއްބާރުލުން ލިބިގެންދާނެއެވެ.

ދެ މުއައްސަސާއަށް ވެސް ކޯ-ޕްރޮޑަކްޝަން ފުރުސަތުތަކާއި، ކްރޫއިން އެކްސްޗޭންޖްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ޕީ.އެސް.އެމް އަށް އެންމެ ބޭނުންޖެހިފައިވާ އަދި އިސްކަންދެވޭ ދާއިރާތަކުން މުވައްޒަފުން ތަމްރީނުކޮށް، މީހުން ބިނާކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް