ހުރިިހާ ގޮތަކުންވެސް ކުރީގައި ޝިފްޒާ ނަމަވެސް ފާސް މިވީ ފަޒީންގެ ނަން!

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ބްރ...

02 Mar 2021 | 12:15

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ބްރޯޑްކޮމްއަށް ފަޒީން އައްޔަން ކުރަން ފާސް ކުރީ 55 މެމްބަރުންގެ ވޯޓުންނެވެ.

މިފަހަރު ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލީ 11 ބޭފުޅުންނެވެ.

އޭގެ ތެރެއިން މިނިވަން މުއައްސަސާތަކުން ރުހުން ދީފައިވަނީ ފަޒީންގެ އިތުރުން ވީޓީވީގެ ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އަށެވެ. ތަޅުމަށް ދެ ނަން ފޮނުވި ނަމަވެސް ފަޒީންގެ ނަމަށް ވޯޓަށް އެހުމުން އެނަން ފާސްވުމުން ޝިފްޒާއަށް ވޯޓަށް އަހާފައެއް ނުވެ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ހުރިހާ ގޮތަކުން ވެސް ކުރީގައި ޝިފްޒާ އުޅޭއިރު ފާސްވީ ފަޒީންގެ ނަމެވެ. އެގޮތުން ބްރޮޑްކާސްޓިންގް ތަޖުރިބާއަށް ބަލާއިރު، ޝިފްޒާގެ14 އަހަރުގެ ތަޖުރިބާ އެބަހުއްޓެވެ. ފަޒީންގެ ހުރީ8 އަހަރުގެ ތަޖުރިބާއެވެ.

ކޮމިޓީގެ ވޯޓަށް ބަލާއިރު، ޝިފްޒާއަށް ވަނީ 10/10 ލިބިފައެވެ. ފަޒީން އަށް ލިބިފައި ވަނީ 8/10 ވޯޓެވެ.

ޝިފްޒާވަނީ2015 ވަނަ އަހަރު އިޖުތިމާޢީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމް ހާސިލްކޮށްފައެވެ. އަދި 2020 ވަނަ އަހަރު ރެހެންދި އެވޯޑްވެސް ޝިފްޒާއަށް ލިބިފައި ވެއެވެ.

ޕްރޮފެޝަނަލް ދާއިރާއަށް ބަލައިލިކަމަށް ވިޔަސް ޝިފްޒާ އުޅެނީ ކުރީގައެވެ. އެގޮތުން ޝިފްޒާ ވަނީ މީޑިޔާ ކައުންސިލްގެ މެމްބަރުކަމާއި ޔޫތް ކައުންސިލްގެ މެމްބަރުކަން ވެސް ކޮށްފައެވެ.

މި ހުރިހާ ކަމެއް މިގޮތަށް އޮތް އިރުވެސް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ ފަޒީންއަށެވެ.

ބްރޯޑްކޮމްއަށް މެމްބަރު ހޮވާފައި މިވަނީ އެ ކޮމިޝަނުގެ ކުރީގެ މެމްބަރު ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުންނެވެ. ޒީނާ އިސްތިއުފާދެއްވީ އޭނާ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ބަލަން ފެށުމުންނެވެ.

ބްރޯޑްކޮމް ގައި ތިއްބަވަނީ ޖުމްލަ ހަތް މެމްބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް