މެޖިސްޓްރޭޓުންނަށް 500 ރުފިޔާގެ ފޯނު އެލަވަންސް ދޭން ފާސްކޮށްފި

ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ފޯން އެލަވަންސް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މިއަދު އޮތްރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ57 މެމްބަރުންގެ ވޯޓުންނެވެ. މެޖިސްޓްރޭޓުންނަށް ފޯނު އެލަ...

02 Mar 2021 | 10:35

ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ފޯން އެލަވަންސް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު އޮތްރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ57 މެމްބަރުންގެ ވޯޓުންނެވެ.

މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުމަށް މަޖިލީހަށް ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ. އެ ކޮމިޝަނުން މަޖިލީހަށް ހުށަހެޅީ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސްގެ ގޮތުގައި500 ރުފިޔާ ދިނުމަށެވެ.

އެ އަދަދަށް ކޮމިޓީ މަރުހަލާގައި މާލިއްޔަތު ކޮމިޓީންވެސް ބަދަލު ގެނެސްފައެއް ނުވެ އެވެ.

ޖޭއެސްސީން މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުމަށް ހުށަހެޅިއިރު މިއަހަރުގެ ބަޖެޓުގައިވެސް ވަނީ މެޖިސްޓްރޭޓުންނަށް އެލަވަންސް ދިނުމަށް ހިމަނާފައި އެވެ.

ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މިހާޜުވެސް ފޯނު އެލަވަންސް ދެ އެވެ. އެ ކޯޓުގެ ފަނޑިޔާރުންނަށް ދެނީ1،000 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް