ރ. އުނގޫފާރުގައި މަސް ފެންގަނޑަކަށް ވެއްޓުނު ކުއްޖަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.
އެ ކުއްޖާ މަސް ފެންޑަނޑަށް ވެއްޓުނު ކަމަށް ވަނީ މިއަދު ހެނދުނު 11:00 ހާއިރު އެވެ.
މި ހާދިސާގައި މަސް ފެންގަނޑަށް ފެއްޓިފައިވަނީ ދޮޅު އަހަރުގެ އަންހެން ކުއްޖެކެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މީޑިއާގައި ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.
އެމަޖެންސީގައި ފަރުވާ ދިނުމަށް ފަހު މިހާރު އެ ކުއްޖާ އިތުރު ފަރުވާއަށް އައިސީޔޫއަށް ބަދަލު ކޮށްފައިވާ ކަމަށް ހޮސްޕިޓަލުން މީޑިއާގައި ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް