މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެގޮތުން، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައި ވާ ކަމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން ބުނެއެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:
(ހ) ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)
(ށ) ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
(ނ) ސިޔާސީ
(ރ) ޝަރުއީ އަދި ޤާނޫނީ
(ބ) ވިޔަފާރިއާއި އިޤުތިޞާދު
(ޅ) ކުޅިވަރު
(ކ) ފޮޓޯ ޖާރނަލިޒަމް
(އ) ވީޑިއޯ ޖާރނަލިޒަމް
(ވ) އޯޑިއޯ ޖާރނަލިޒަމް
(މ) ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
(ފ) ފީޗަރ / ރިޕޯޓް
(ދ) އެންމެ އުންމީދީ ނޫސްވެރިޔާ
މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" މި އިޢުލާނާއެކު އާންމުކޮށްފައިވާނެ ކަމަށް މީޑިޔާ ކައުންސިލުން ބުނެއެވެ.
މި އިނާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2021 މާރިޗް 16 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ކަމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން ބުނެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995/7967919 ނަންބަރު ފޯނުން ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް