މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް މާދަމާއިން ފެށިގެން ވެކްސިން ޖަހައިދެވޭނެ

މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް މާދަމާއިން ފެށިގެން ވެކްސިން ޖަހައިދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މާދަމާއިން ފެށިގެން 18 އަހަރުން މަތީގެ ކޮންމެ މ...

02 Mar 2021 | 09:37

މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް މާދަމާއިން ފެށިގެން ވެކްސިން ޖަހައިދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މާދަމާއިން ފެށިގެން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މާލޭގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށް ގޮސްގެން ވެކްސިން ޖެހޭނެ ކަމަށެވެ.

ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރީ ނުކުރާ ފަރާތްތައް ރެޖިސްޓްރީކޮށްދީގެން ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ވިލިމާލޭ ޒުވާނުންގެ މަރުކަޒު، މާލޭ ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު، ރައްޔިތުންގެ މަޖިލީސް އިދާރާ އަދި ހުޅުމާލޭ ކުރީގެ ފްލޫ ކްލިނިކެވެ.

އިއްޔެ ކޯވިޑް-19 ވެކްސިން ދީފައިވަނީ ޖުުމުލަ 5،700 މީހުންނަށެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ އިއްޔެ މާލެއިން ވެކްސިން ޖަހާފައިވަނީ 2،088 މީހުން ކަމަށެވެ. އަތޮޅު ތެރެއިން 3،612 މީހުންނަށް ކޯވިޑް ވެކްސިން ދީފައިވެ އެވެ.

މިއާއި އެކު ޖުމްލަ ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 117،115 އަށް އަރާފައި އެވެ.

އޭގެ ތެރެއިން 77،251 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 39،864 މީހުންނަށެވެ.

އިއްޔެ މާލޭގެ ހަތް ސެންޓަރަކާއި ދެ މޮބައިލް ޓީމް މެދުވެރިކޮށް ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި ކޯވިޑް-19 ވެކްސިން ދީފައިވަނީ 169 ސެންޓަރެއްގައި އެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް