ކިރަކީ ނުބޮއެ ދޫކޮށްލާވަރުގެ އެއްޗެއް ނޫން!

ކިރަކީ އަހަރެމެން ކޮންމެ ދުވަހެއްގެވެސް ދުވަސް ފެށުމަށް ބޭނުންކުރާ ބުއިމެކެވެ. އެހެން ނޫން ނަމަ ކިރު ބޭނުންކޮށްގެން އުފައްދާފައިވާ ޔޯގަޓެއް ނުވަތަ ޗީޒް އެކެވެ. ނުވަތަ އެނޫންވެސް ކޮންމެވެސް ކިރު އެކުލެ...

02 Mar 2021 | 08:35

ކިރަކީ އަހަރެމެން ކޮންމެ ދުވަހެއްގެވެސް ދުވަސް ފެށުމަށް ބޭނުންކުރާ ބުއިމެކެވެ. އެހެން ނޫން ނަމަ ކިރު ބޭނުންކޮށްގެން އުފައްދާފައިވާ ޔޯގަޓެއް ނުވަތަ ޗީޒް އެކެވެ. ނުވަތަ އެނޫންވެސް ކޮންމެވެސް ކިރު އެކުލެވޭ ބާވަތެކެވެ. ދުވަސް ފެށުމަށްޓަކާ ކިރު ބޭނުންކުރަނީ ސަބަބުތަކެއްވެސް ހުރެގެންނެވެ.

ކަށިތަކަށް

ކިރަކީ އޭގައި ގިނަ އަދަދެއްގެ ކެލްސިއަމްއާއި ޕްރޮޓީންސްއާއި މެގްނީޒިއަމް އަދި ޕޮޓޭސިއަމް ގެ އިތުރުން ވިޓަމިން ކޭ 12 ވެސް އޭގައި ގިނަ އަދަދަކަށް އެކުލެވޭ ބާވަތެކެވެ. ކެލްސިއަމް އަކީ ކަށިތަކަށް ނުހަނު ފައިދާ ހުރި ނިއުޓްރިއެންޓެކެވެ.

ބަރުދަން ލުއިކުރުން

ކޮންމެ ދުވަހަކު ކިރު ބޭނުންކުރާނަމަ ހަށިގަނޑުގައި އެކުލެވޭ "ހަންގާ ހޯމޯންސް" ތައް ދަށަށް ދެއެވެ. އަދި ކެލްސިއަމްއާއި ވިޓަމިން ޑީ ގެ ސަބަބުން ހަށިގަނޑުގައި ހުންނަ ކެލޮރީސްތައް ވިރުވާލައެވެ.

ބަލިތަކުން ރައްކާތެރިކޮށްދޭ

ގަވައިދުން ކިރު ބޭނުންކުރާނަމަ އޮބެސިޓީ އަދި ލޭމައްޗަށް ދިޔުމުގެ އިތުރުން ކެންސަރ ބަލިންވެސް ރައްކާތެރިކޮށްދެއެވެ. ޔޫރަޕްއާއި އަދި އެމެރިކަން ޔުނިވާސިޓީސްތަކާ ގުޅިގެން ތައްޔާރުކުރި ދިރާސާއަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކު ކިރު ބޭނުންކުރާނަމަ ކެންސާ ޖެހުމުން ދުރުކޮށްދެއެވެ.

ބަނޑުގެ މައްސަލަތައް

ކިރު ބުއިމުން ބަނޑުގެ މައްސަލަތައް ހައްލު ލިބޭކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން މާބޮޑަށް ގޭސް ހެދުމާއި ބަނޑު ދިޔާވުން ނުވަތަ ބައެއް މީހުންގެ ބަނޑު ހިކުން ފަދަ ކަންތައްތަކުން ދުރުކޮށްދޭ ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް