މި ދުޢާ ކުރާ މީހަކަށްޓަކައި ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވިގެންދޭ

ނަރަކައަކީ މާތް الله އަށް އުރެދުނު މީހުންނަށް ތައްޔާރުކޮށްފައިވާ ތަނަކަށްވާއިރު, ނަރަކައިގެ ވޭންދެނިވި އަޛާބުން ސަލާމަތްވުމަށް އަހަރެމެން ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. އެގޮތުން ސަވުރުގެ ދެއްވުން...

02 Mar 2021 | 07:31

ނަރަކައަކީ މާތް الله އަށް އުރެދުނު މީހުންނަށް ތައްޔާރުކޮށްފައިވާ ތަނަކަށްވާއިރު, ނަރަކައިގެ ވޭންދެނިވި އަޛާބުން ސަލާމަތްވުމަށް އަހަރެމެން ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. އެގޮތުން ސަވުރުގެ ދެއްވުން އެދި ކުރަން ތަފާތު އެތަށް ދުޢާތަކެއް ވާރިދު ކުރައްވާފައިވެއެވެ. އޭގެތެރެއިންވެސް އެ ދުޢާއެއް ކުރުމުން އެ ދުޢާ ކުރާ މީހާއަށްޓަކައި ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވިގެންދާ ދުޢާއެއް އައިސްފައިވެއެވެ.

ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނުގެ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

މީހަކު ވުޟޫކޮށް ދެން އެވުޟޫ ފުރިހަމަކުރުމަށް ފަހު

أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ، وَاجْعَلْنِي مِنَ الْمُتَطَهِّرِينَ.

މިފަދައިން ކިޔައިފިނަމަ އެމީހަކަށްޓަކައި ސުވަރުގޭގެ އަށް ދޮރުކޮޅު ހުޅުވިގެންދާނެއެވެ. އެއީ އޭނާ ބޭނުން ދޮރުކޮޅަކުން ސުވަރުގެ ވަދުމަށްޓަކައެވެ.) (رواه مسلم والترمذي واللفظ له)

ދުޢާގެ މާނަ: (ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި ރަސޫލާ ކަމަށް ހެކިވަމެވެ. އޭ ﷲ! މިއަޅާ ގިނަގިނައިން ތައުބާވާ މީހުންގެ ތެރެއިން ލައްވާނދޭވެ! އަދި ގިނަގިނައިން ޠާހިރުވާ މީހުންގެ ތެރެއިން ލައްވާނދޭވެ!)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް