ސަނީ ލިއޯންގެ އެންމެ ފަހުގެ ފޮޓޯ ޝޫޓް ދެކުނިންތަ

ސަނީ ލިއޯންގެ އެންމެ ފަހުގެ ފޮޓޯ ޝޫޓްގެ ފޮޓޯތަކުން ފެނިގެންދަނީ ކައިވެނީގެ ހުދު ހެދުމުގައި އޭނާ ހުންނަ ތަނެވެ. އިއްޔެގެ ވަޤުތެއްގައި ސަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައިވާ ފޮޓޯތަކުން އެނގިގެ...

02 Mar 2021 | 06:54

ސަނީ ލިއޯންގެ އެންމެ ފަހުގެ ފޮޓޯ ޝޫޓްގެ ފޮޓޯތަކުން ފެނިގެންދަނީ ކައިވެނީގެ ހުދު ހެދުމުގައި އޭނާ ހުންނަ ތަނެވެ.

އިއްޔެގެ ވަޤުތެއްގައި ސަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައިވާ ފޮޓޯތަކުން އެނގިގެންދަނީ އެއީ ރޭގަނޑެއްގެ ވަގުތުގައި ނަގާފައިވާ ފޮޓޯތަކެއް ކަމެވެ. އަދި ކެޕްޝަން ގައި ސަނީ ލިޔެފައިވެއެވެ. "މެރީ މީ".

ސަނީގެ މި ރީތި ފޮޓޯތަށް ސޯޝަލް މީޑިއާއަށް ދޫކޮށްލުމާ ގުޅިގެން އޭނާގެ ފޭނުން ދަނީ ތަފާތު ކޮމެންޓްތައް ކުރަމުންނެވެ. އެގޮތުން ސަނީގެ ރީތިކަމަށް ގިނަ ބަޔަކު ތަޢުރީފުކުރަމުން ދާއިރު އަނެއް ބަޔަކު ސަނީ އާ އިންނަން ބޭނުންވާ ކަމަށްވެސް ކޮމެންޓްތަކުގައި ބުނަމުންދެއެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތަކާއެކުވެސް ސަނީ އަކީ އޭނާ ކުރިއަށްދާން ބޭނުންވާ ކޮންމެ ކަމަކުން ނުހަނު ހިތްވަރާއެކު ކުރިއަށްދާ ތަރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް