ކަރީނާގޭ ފާރުމައްޗަށް އެރި ޕަޕަރާޒީއަކަށް އަރްޖުން ފިލާވަޅެއް ނަގައިދީފި

ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ހަގު ދަރިފުޅު ލިބުމުން އިއްޔެ ރޭ ބޮލީވުޑްގެ މަޝްހޫރު ބަތަލް އަރްޖުން ކަޕޫރާއި ލޯބިވެރިޔާ އަދި ބަތަލާ މަލައިކާ އަރޯރާ ވަނީ އެގެއަށް ޒިޔާރަތް ކޮށްފައި އެވެ. މި ޒިޔާ...

02 Mar 2021 | 06:02

ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ހަގު ދަރިފުޅު ލިބުމުން އިއްޔެ ރޭ ބޮލީވުޑްގެ މަޝްހޫރު ބަތަލް އަރްޖުން ކަޕޫރާއި ލޯބިވެރިޔާ އަދި ބަތަލާ މަލައިކާ އަރޯރާ ވަނީ އެގެއަށް ޒިޔާރަތް ކޮށްފައި އެވެ.

މި ޒިޔާރަތް ކުރާކަން އެނގިގެން ކަރީނާގޭ ފާރު ކައިރިޔަށް ގިނަ އަދަދެއްގެ ޕަޕަރާޒީން އެއްވެ ފޮޓޯ އާއި ވީޑިއޯ ނަގަމުން ދިޔަ އެވެ. އަރްޖުން ވަނީ އެމީހުންނަށް ފޮޓޯ ނެގުމަށް ފުރުސަތު ދިނުމުގެ ގޮތުން މަލައިކާ އާއި އެކު ފޮޓޯއަށް ހުއްޓިލައި އިރުކޮޅެއް އެ ގޭ ބޭރުގައި ގޯތިތެރޭގައި ހޭދަ ކޮށްފައި އެވެ.

އެކަމަކު އޭނާ ހިތްހަމަ ނުޖެހުނީ ފޮޓޯ ނަގަމުން ދިޔަ ޕަޕަރާޒީއަކު ކުއްލިއަކަށް ސައިފް އާއި ކަރީނާ ގޭ ފާރު މައްޗަށް ފޮޓޯ ނަގަން އެރުމުންނެވެ. އެމީހާ އެގޮތަށް ކަންތައް ކުރުމުން އަރުޖުން ވަހީ ހިތްހަމަ ނުޖެހިގެން ޕަޕަރާޒީން ތިބި ސަރަހައްދުގެ ފާރު ކައިރިއަށް ގޮސް އެމީހާއަށް ފިލާވަޅެއް ނަގައިދީފައި އެވެ.

އަރުން ބުނެފައިވަނީ ކޮންމެސް ވަރެއްގެ އިހުތިރާމެއް ކުރަން ޖެހޭ ކަމަށެވެ. އަދި ސައިފްގެ ގޭ ސެކިއުރިޓީން އެ ޕަޕަރާޒީއަށް ފާރުމަތިން ފައިބަން އެންގުމުން ފައިބާފަ ނުވާތީ އަރްޖުން ބުނީ އެ ކަންތައް ކުރަނީ ރަނގަޅަށް ނޫން ކަމަށެވެ.

https://www.instagram.com/p/CL3RhkghWv-/?utm_source=ig_embed

ކަރީނާ ދެވަނަ ދަރިފުޅު ވިހެއީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެ ކުއްޖާގެ ފޮޓޯއެއް މިހާތަނަށް އާންމުވެފައި ނުވާއިރު އަދިވެސް ކިޔާނެ ނަމެއް އާއިލާއަކަށް ނުނިންމެވެ.

ކަރީނާ ވިހެއުމުން މަރުހަބާ ކިޔަން އަރްޖުން އާއި މަލައިކާގެ އިތުރުން ބޮލީވުޑްގެ އެތައް ފަންނާނުންނެއް ދަނީ އެގެއަށް ޒިޔާރަތް ކުރަމުންނެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ދަނީ މަރުހަބާ ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް