މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގެ ފަޅުވެރިއެއް ފިޓްޖެހިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ

މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގެ ފަޅުވެރިއެއް ފިޓް ޖެހިގެން އެމްއެންޑީއެފް އިން ހަރަކާތްތެރި ވާން ފަށައިފިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ފިޓް ޖެހިފައި ވަނީ 30 އަހަރުގެ ދިވެހި ...

02 Mar 2021 | 05:44

މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގެ ފަޅުވެރިއެއް ފިޓް ޖެހިގެން އެމްއެންޑީއެފް އިން ހަރަކާތްތެރި ވާން ފަށައިފިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ފިޓް ޖެހިފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ ޅ. އަތޮޅުގެ މެދުތެރެއިން މަސްވެރިކަން ކުރަން އުޅުނު "ހަޒާނާ" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިއެކެވެ. މިއީ 14 މީހުންނާއެކު މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު09:03 ހާއިރު ކަމަށާއި، އެމްއެންޑީއެފް ނޮދަން ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރި ވާން ފަށާފައި ވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މި މީހާ މިހާރު ނައިފަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް