ކުއްޖެއްގެ ފުއްޕާމޭގައި 2 އަހަރު ވަންދެން އޮތް ޕިނެއް ނަގައިފި، ޕިން އޮތީ ދަބަރު ޖަހާފަ

ކުއްޖެއްގެ ފުއްޕާމޭގައި 2 އަހަރު ވަންދެން އޮތް ޕިނެއް އައިޖީއެމްއެޗް ގައި ނަގައިފިއެވެ. މިއީ12 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ޑޮކްޓަރ މުހައްމަދު އިސްމާއީލް ބުނެފައިވެއެވެ. https://twitter.com/drmod...

02 Mar 2021 | 05:22

ކުއްޖެއްގެ ފުއްޕާމޭގައި 2 އަހަރު ވަންދެން އޮތް ޕިނެއް އައިޖީއެމްއެޗް ގައި ނަގައިފިއެވެ. މިއީ12 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ޑޮކްޓަރ މުހައްމަދު އިސްމާއީލް ބުނެފައިވެއެވެ.

https://twitter.com/drmodismail/status/1366494577520111618

ނަގާފައިވާ ޕިނުގައި ދަބަރުވެސް ޖަހާފައިވާ ކަމަށާއި،ކުއްޖާގެ ހާލު ރަނގަޅު ކަމަށް، އެކަމުގައި ބައިވެރި ވި ޑރ. މުހައްމަދު އަލީ ވިދާޅުވެފައިވެއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު އައިޖީއެމްއެޗްއިން ކުޑަކުއްޖެއްގެ ފުއްޕާމެއިން ސުޕާރީފުކެއް ވެސް ނަގާފައިވެއެވެ. މިކަން ހާމަކޮށް ޑޮކްޓަރ މުހައްމަދު އަލީ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ، ސުޕާރީ ފުއް ނަގާފައި ވާ ކަމަށެވެ.

މިފަދަ ހާދިސާތައް މީގެ ކުރިންވެސް ރާއްޖޭގައި ހިނގާފައި ވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ބުރުގާ ޕިނެއް ނަގާފައި ވެއެވެ.

އުމުރުން 11 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިން  ބުރުގާ ޕިނެއް ނެގުމުގެ  އޮޕަރޭޝަނެއް ކޮށްފައި ވަނީ އައިޖީއެމްއެޗް ގައެވެ. އެފަހަރުވެސް ޑޮކްޓަރު މުހައްމަދު އަލީ ވަނީ އަނގަޔަށް ބުރުގާ ޕިން ފަދަ އެއްޗެހި ނުލުމަށް އިލްތިމާސްކުރައްވައިފައެވެ.

އައިޖީއެމްއެޗް އިން ކުރިން ބުނެފައި ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެފަދަ 15 ހާދިސާއެއް ރިޕޯޓް ކޮށްފައިވާއިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އެންމެ ބޮޑަށް ހިމެނެނީ އުމުރުން 13 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވެސް އައިޖީއެމްއެޗު އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ޑޮކްޓަރު މުހައްމަދު އަލީ ވަނީ ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ކެޝޫ ނަޓްގެ ބައިތައް ނެގުމަށް މަސައްކަތްކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން ޑރ.އަލީ ވިދާޅުވެފައި ވަނީ، އެ ކުއްޖާގެ ފުއްޕާމޭގެ ދެ ފަޅީގައި ހުރި ކެޝޫ ނަޓްގެ އެތިކޮޅުތައް އެއްކޮށް ނަގާފައިވާ ކަމަށެވެ.

ދަތިފަދަތޫނު އެއްޗިހި އަނގަތެރެއަށް ނުލުމަށްް އައިޖީއެމްއެޗުން އޭރުވެސް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް