ފުރަން ޖެހޭ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒު މުއްދަތު ކުރިން ޖެހޭނެ

ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ފަރާތްތަކުން އެމަޖެންސީ ހާލަތެއްގައި ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ނަމަ މުއްދަތުގެ ކުރިން ދެ ވަނަ ޑޯޒު ޖަހައިދޭނެ ކަމަށް އެޗްއީއޯސީން ބުނެފި އެވެ. ރާއްޖޭގ...

02 Mar 2021 | 05:18

ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ފަރާތްތަކުން އެމަޖެންސީ ހާލަތެއްގައި ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ނަމަ މުއްދަތުގެ ކުރިން ދެ ވަނަ ޑޯޒު ޖަހައިދޭނެ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒު ދޭނީ ވެކްސިން ޖަހާތާ އަށް ހަފްތާ ފަހުންނެވެ. މިގޮތަށް ނިންމުމުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް މަތީތައުލީމު ހާސިލް ކުރަން ދާން ބޭނުންވާ ދަރިވަރުންނަށް ވަނީ ދެ ވަނަ ޑޯޒު ޖެހުމުގައި އަމަލު ކުރަން ޖެހޭ ގޮތަކާއި މެދު ސުވާލު އުފެދިފައި އެވެ.

މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ޗެއާމަން އަދި ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ އެފަދަ ފަރާތްތަކަށް ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ވެކްސިންގެ ދެ ވަނަ ޑޯޒު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ފަދަ ފަރާތްތަކުން ފުރާ ތާރީހާއި އެނޫންވެސް މައުލޫމާތު އެޗްޕީއޭއަށް އެންގުމުން ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒު ފުރުމުގެ ކުރިން ޖަހައިދޭނެ ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި އެއް ލައްކައަށްވުރެ ގިނަ މީހުން ކޯވިޑް ވެކްސިން ޖަހާފައިވާއިރު އެއީ އާބާދީގެ ހަތަރުބައިކުޅަ އެއްބައެވެ. ޑރ. ފައިސަލް ވިދާޅުވީ ރާއްޖޭގައި ކޯވިޑް ފެތުރެމުންދާ ހަލުވި މިނަށް ބަލާއިރު އަދި އެއީ ހިންދެމިލެވޭވެރުގެ އަދަދެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ކޯވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން 19 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާ ކަމަށެވެ. އެމީހުން އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނީ އެލާޖިކް ވުމާއި، ހުން އައުން އަދި ހޮޑުލުންފަދަ ކަންކަމާއި ގުޅިގެން ކަމަށް ވިދާޅުވި އެވެ.

ޑޜ. ފައިސަލް ވިދާޅުވީ އެޑްމިތް ކުރަން ޖެހުނު މީހުންނަށް ސިއްހީ މައްސަލަތަކާއި ދިމާވީ ވެކްސިން ޖެހުމުންތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް