ސްޕެއިންގެ ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ އެގައުމުގެ ފުލުހުން ހައްްޔަރުކޮށްފިކަމަށް މީޑިއާރިޕޯޓުތަކުން ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ބާސާގެ ކުރީގެ ރައީސް ބާޓޮމެއޫ ހައްޔަރުކުރީ ބާސެލޯނާގެ ހެޑް އޮފީހަށް އެ ގައުމުގެ ފުލުހުން ވަދެ ބަލައި ފާސްކުރުމަށްފަހު ތަޙުޤީޤަށް ބޭނުންވާ ބައެއް ބައެއް ހެކިތަކާއިވެސް އެކުގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ބާސެލޯނާގެ ހެޑް އޮފީސް ފުލުހުން އިއްޔެ ބަލާ ފާސްކޮށް ބާޓޮމެއޫގެ އިތުރުން ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް ފުލުހުން ހައްޔަރުކުރީ ކޮން ބައެއް ކަމެއް އެފަރާތުން ހާމަކޮށްފައި ނުވިނަމަވެސް ގޯލް އިން ކުރި ރިޕޯޓެއްގައި މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.
ގޯލްއިން ރިޕޯޓުކުރާ ގޮތުގައި އިއްޔެ ބާސެލޯނާގެ ހެޑް އޮފީސް ބަލާ ފާސްކުރުމަށްފަހު ކޮރަޕްޝަންގެ ހެކިތަކާއި އެކު ކުރީގެ ރައީސް ޖޯސެޕް ބާޓޮމެއޫ ގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ ބާސާގެ ޗީފް އެގްޒެކެޓިވް އޮފިސަރ އޮސްކަ ގްރައު އާއި ބާސާގެ ކުރީގެ ރައީސްގެ އެޑްވައިޒަރ ޖާމީ މަސްފެރާރ، އަދި ކައުންސިލްގެ ލީގަލް ހެޑް ރޯމަން ގޮމޭޒް ޕޮންޓިއެވެ.
ބާސެލޯނާއާ ގުޅޭގޮތުން ފެންމަތިވެފައިވާ ފައިސާގެ މައްސަލަތަކަކާ ގުޅިގެން ކުރިއަށްގެންދާ ތަހުގީގުގެ ތެރެއިން ކުލަބްގެ އޮފީސް ބަލައި ފާސްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ބާސެލޯނާގެ އޮފީސް ބަލައި ފާސްކުރުމަށްފަހު އިއްޔެ ބަޔަކު ހައްޔަރުކޮށްފައިވާ އިރު ހައްޔަރު ކުރީ ސީދާ ކޮންބައެއް ކަމެއް އޭރު ހާމަކޮށްފައެއް ނުވެއެވެ.
ބާޓޮމެއޫ ބާސާގެ ރައީސްކަމުން އިސްތިއުފާ ދިނީ މިދިޔަ އަހަރުގެ އޮކްޓޫމަރު މަހުގެ 27 ވަނަ ދުވަގައެވެ. އޭނާ ބާސާގެ ރައީސްކަމުން އިސްތިއުފާ ދިނީ ބާސާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މަގުމައްޗަށް ނިކުމެ ބާޓޮމެއޫ އިސްތިއުފާ ދިނުމަށް ގޮވާލާ ބޭއްވި މުޒާހަރާތަކާއި ގުޅިގެން އޭނާގެ އިތުބާރު ނެއްކަމުގެ ވޯޓެއް ނަގަން ތައްޔާރުވެފައި އޮއްވައެވެ. ބާޓޮމެއޫ އިސްތިއުފާދިން ފަހުން އަދި އެމަގާމަށް މީހަކު
ބާސެލޯނާއަށް އާ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވާނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މިވަގުތު ހުސްވެފައިވާ ބާސާގެ ރައީސްގެ ގޮނޑިއަށް ތިން ފަރާތަކުން ވާދަކުރާއިރު، އެ ތިން ފަރާތަކީ ޖޯން ލަޕޯޓާ، ވިކްޓަ ފޮންޓް އަދި ޓޯނީ ފްރެއިޒަރ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް