އިންކަމް ސަޕޯޓްގެ ގޮތުގައި 292.8 މިލިއަން ރުފިޔާ

މިނިސްޓްރީ އޮފް ފިނޭންސް ގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ވަޒީފާއަށް އަސަރުކޮށް އަދި ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ، އިންކަމް ސަޕޯޓް އެލަވަންސުގެ ގޮތުގައި 292.8 މިލިއަން ރުފިޔާއަށް ދޫކޮށްފައ...

02 Mar 2021 | 04:18

މިނިސްޓްރީ އޮފް ފިނޭންސް ގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ވަޒީފާއަށް އަސަރުކޮށް އަދި ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ، އިންކަމް ސަޕޯޓް އެލަވަންސުގެ ގޮތުގައި 292.8 މިލިއަން ރުފިޔާއަށް ދޫކޮށްފައި ވެއެވެ.

މިއީ 18،534 މީހަކަށް ދީފައިވާ 292.8 މިލިއަން ރުފިޔާ އެވެ.

އިންކަމް ސަޕޯޓް އަކީ ކޮވިޑް-19ގެ ގެއްލުމުގެ ސަބަބުން ވަޒީފާ ގެއްލި، ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ދޭ އެލަވަންސެކެވެ. އެލަވަންސް ތައާރަފު ކުރެވިފައި ވަނީ އާމްދަނީއަށް ނޭދެވޭ އަސަރު ކޮށްފައިވާ މުވައްޒަފުންނަށް ރައްކާތެރިކަން ފޯރު ކޮށްދިނުމަށެވެ.

މިއީ2021 ފެބްރުއަރީ25 ގެ ނިޔަލަށް އިންކަން ސަޕޯޓްގެ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސް އިން ދޫކޮށްފައިވާ ފައިސާއެވެ. އެގޮތުން 25 ފެބްރުއަރީ އާއި ހަމައަށް ފިނޭންސް މިނިސްޓްރީން އިންކަމް ސަޕޯޓް އެލަވަންސް އާއި ގުޅޭގޮތުން 66،551 މުއާމަލާތް ކޮށްފައިވެއެވެ.

އިންކަމް ސަޕޯޓް އެލަވަންސް  2020 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު ދޫކުރަން ފަށާފައިވާ އިރު، އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ކޮންމެ މީހަކަށް ވެސް ގިނަ ވެގެން ލިބޭނީ 5،000 ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް