ރުޅިއައިސްގެން ހުރެ އެއްވެސް ކަމެއް ނުނިންމާތި!

ރުޅި ނާންނަ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އެއީ އިންސާނާގެ ތަބީއަތާއި ގުޅި ލާމެހިފައިވާ ކަމެކެވެ.  ރުޅި އަކީ އޭގެ މަށްޗަށް ބާރުގަދަ ނުވެވިއްޖެނަމަ އޭގެ ސަބަބުން ބޮޑެތި ހިތާމަތަކާއި ކުރިމަތިލާންޖެހޭ ނ...

02 Mar 2021 | 03:54

ރުޅި ނާންނަ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އެއީ އިންސާނާގެ ތަބީއަތާއި ގުޅި ލާމެހިފައިވާ ކަމެކެވެ.  ރުޅި އަކީ އޭގެ މަށްޗަށް ބާރުގަދަ ނުވެވިއްޖެނަމަ އޭގެ ސަބަބުން ބޮޑެތި ހިތާމަތަކާއި ކުރިމަތިލާންޖެހޭ ނުރައްކާތެރި ކަމެކެވެ. އޭގެ ސަބަބުން މުޅި އުމުރު ހިތާމަ ކުރަން ޖެހިދާނެ ފަދަ ނުރައްކާތެރި ކަމެއްވެސް މެއެވެ.

ކޮންމެ މީހަކީވެސް ރުޅި އަންނާނެ މީހެކެވެ. ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންކަމުގެ ސަބަބުންނެވެ. އެއީ އެއްވެސް މީހެއްގެ އިޚްތިޔާރުގައިވާ ކަމެއް ނޫނެވެ. ނަމަވެސް ރުޅި ކޮންޓްރޯލް ކުރުމުގެ އިޚްތިޔާރު ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ.

ރުޅިއައިސް ހުރެގެން ކަންކަން ނިންމުމަކީ ބައެއް މީހުން ކުރާކަމެކެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތެއްނޫނެވެ. އެއީ އެކަމުގެ ސަބަބުން ފަހުން ހިތާމަ ކުރަން ޖެހިދާނެފަދަ ނިންމުމެއްވެސް ނިންމަން ޖެހިދާނެތީއެވެ. ރުޅިއައިސްގެން ނިންމޭކަންކަމުގެ ތެރޭގައި އަންނަ ރުލީގައި އަންހެނުން ވަރި ކުރުމާއި، އަތް އިސްކުރުމާއި އަދި ނުބުނަން ވައުދުވެފައިވާ ވާހަކަތަށް ބުނެ އެހެން މީހުން ބޭޒާރުކުރުމަކީ ޙާއްސަކޮށް ދިވެހިންގެ ތެރޭގައި ގިނަ އަދި އާންމު ކަންތައްތަކެވެ. މި ފަދަ ދަށު ދަރަޖައިގެ ކަމެއް ކުރެވުމުގެ ކުރިން ރުޅި ކޮންޓްރޯލް ކުރުން ވަރަށް މުހިންމެވެ.

ރުޅިއައިސްގެން ރުޅިމަތީގައި ނިންމާ މިފަދަ ކަންކަން މިގޮތައް ވިސްނުމެއް ނެތި ކޮށްފިނަމަ ފަހުން ވަރަށް ހިތާމަކުރަން ޖެހޭނެއެވެ. އެހެން ނަމަވެސް ރުޅި އައިސްގެން ދިރިއުޅުމުގައި ކުރެވިފައިވާ ކަންކަމާއި ދެރަވެ ފަހުން ހިތާމަ ކުރިޔަސް އޭރަކުން ވާނެ ފައިދާއެއް ނޯންނާނެއެވެ. ނަމަވެސް އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރެވޭތޯ ބަލައިފިނަމަ ހަމަ ޔަގީނުންވެސް ފައިދާ ވާނެއެވެ.

ރުޅި އައުމުން ރުޅީގެ މަށްޗަށް ގަދަވެ ރުޅި ކޮންޓްރޯލް ކުރުމަކީ ކާމިޔާބީއަށް ހުޅުވޭ ދޮރެކެވެ. އެއީ ބުއްދުވެރިންގެ މާތް ސިފައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް