އުފާވެރި ދުވަހެއް ފެށުމަށް ނިދިހަމަކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެއް: ދިރާސާ

އިންސާނާ ދުނޔޭގައި ހުރުމަށް އަރާމު ނިންޖަކީވެސް ވަރަށް ބޭނުންތެރި އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ މަސައްކަތް ރަނގަޅަށް ކޮށް މީހާ ހިތްހަމަ ޖެހުމަށް ފުރިހަމަ ނިދި ބޭނުންވެއެވެ. އެގޮތުން ކޮނ...

02 Mar 2021 | 03:33

އިންސާނާ ދުނޔޭގައި ހުރުމަށް އަރާމު ނިންޖަކީވެސް ވަރަށް ބޭނުންތެރި އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ މަސައްކަތް ރަނގަޅަށް ކޮށް މީހާ ހިތްހަމަ ޖެހުމަށް ފުރިހަމަ ނިދި ބޭނުންވެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ނިދި ހަމަ ކުރުމަކީ އުފާވެރި ދުވަހެއް ފެށުމަށް އެންމެ ރަނގަޅުގޮތްކަމަށް ދިރާސާތަކުން ދައްކާފައިވެއެވެ.

ދިރާސާ ރިޕޯޓުގައި ވާގޮތުން ރޭގަނޑު ހަމަ ނިދި ނުލިބޭނަމަ ދުވަސް ރަނގަޅުގޮތުގައި ކުރިއަށްގެންދަން އުނދަގޫވާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ރޭގަނޑު ހަމަ ނިދި ނުލިބޭނަމަ އެންޒައިޓީ އާއި ޑިޕްރެޝަންގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

މީގެ ދެދުވަސް ކުރިން ކޮއްކޮ ބުނެގެން ފޮނުވަން އެއްބަސްވި މެއިލް އަދިވެސް ނުފޮނުވެއެވެ. މިއަދު ބިލް ނުދައްކައިފިނަމަ ސުޕަރނެޓް ކަނޑާލާނެއެވެ. ރައްޓެއްސަކާއިއެކު ކޮފީއަކަށް އަރާނަމޭ ކިޔާތާވެސް މިހާރު ދެހަފްތާ ވީއެވެ. އެކަމަކު ޑިއުޓީ އަށް ގޮސް ކުރަން ހުރި ކަންތައްތައް ފުނިޖެހިފައެވެ. ހެނދުނުގެ އެލާމާއިއެކު ހޭލެވޭއިރަށް މުޅި ދުވަހު ކުރަން ހުރި އެފަދަ ހިޔާލުތަކުން ސިކުނޑި ފުރާލައެވެ. މިކަމުގެ ސަބަބަކީ ނިދިހަމަ ނުވުން ކަމުގައި ވެދާނެއެވެ. ނިދިހަމަނުވުމުގެ ސަބަބުން ސިކުނޑިއައް ލުޔެއްނުލިބި އެފަދަ ބޭކާރު ހިޔާލުތަކުން ސިކުނޑި ފުރާލަނީއެވެ.

ރޭގަނޑު ބޮޑުބައި ފިލްމު ބެލުމުގައި ނުވަތަ ގޭމް ކުޅުމުގައި ހޭދަކުރުމުގެ ބަދަލުގައި އަވަހަށް ނިދުން މުހިންމެވެ. އަދި ނެގެޓިވް ހިޔާލުތަކުން ސިކުނޑި ފުރާލުމުގެ ކުރިން ކޮންމެވެސް ކަހަލަ އުފާވެރި ހިޔާލުތަކަކާއިއެކު ނިދޭތޯ ބަލާށެވެ.

ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތުން ކޮންމެދުވަހަކު އަށް ގަޑިއިރު ނިދުމަކީ ކުރަން އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް މަދުވެގެން ފަސްގަޑިއިރު ނިދޭތޯބަލަން ވާނެއެވެ. އޭރުން ދުވަހުގެ ފެށުން އުޖާލާވެފައި ތާޒާވާނެކަން ޔަގީނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް