އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި އެކުއްޖާގެ ދޮން ބައްޕަ ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު ކަމަށް ށެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ ނޯރތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ،އއ،އދ،ވ) ހިމެނޭ އަތޮޅުގެ ރަށަކުންނެވެ.
މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނައިރު ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން މި ފަދަ މައްސަލަތަކުގައި ކުދިންގެ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް